ޚަބަރު ސިޔާސީ

ރައްޔިތުންގެ ލޯތްބާއި ތާއީދާއެކު 2023 ގައި ރައީސް ޔާމީން ހޮވާނަން: ޣައްސާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައީސް ޔާމިން އަދި ކޮއްކޯފުޅު ޣައްސާން މައުމޫން

ރައްޔިތުންގެ ލޯތްބާއި ތާއީދާއެކު 2023 ގައި ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމިން ޢަބްދުލްޤައްޔޫމްކަމަށް ތ.ގުރައިދޫ ދާއިރާގެ މެންބަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

''ހަވާލޭ ވަޠަން'' ގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޚާއްސަ ޖަލްސާގައިވަނީ ރައީސް ޔާމީނާ ރަސްމީކޮށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައެވެ. ހަވާލުކޮށްދެއްވީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމެވެ.

އެކަމަށް މަރުހަބާ ދަންނަވައި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މިއަދު ވިދާޅުވީ ކޯލިޝަނުގެ ބުރަ މަސައްކަތާ ރައްޔިތުންގެ ލޯތްބާއި ތާއީދާއެކު 2023 ގައި ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާނީ ރައީސް ޔާމިން ކަމަށެވެ.

ރޭގެ ޖަލްސާގައި ރައީސް ޔާމިނު ވިދާޅުވި ގޮތުގައި ވެރިކަމުގެ މަސްއޫލިއްޔަތު އުފުލަން އެ މަނިކުފާނުގެ ޢާއިލާއިން ފުރިހަމައަކަށް ތާއީދެއް ނުކުރައްވައެވެ. ނަމަވެސް އެކަމަށް ކުރިމަތިލެއްވީ ރާއްޖެ އޮތް ހިސާބުން ''ޤައުމީ ކޯލަކަށް'' ވެގެންކަމަށް އެ މަނިކުފާާނު ވިދާޅުވިއެވެ.

''ތި ހަވާލުކުރެއްވި ވަރުގަދަ މަސްއޫލިއްޔަތު އަދި އަމާނާތް މިއީ އެންމެ އުފުލަން ބޭނުންވާ މަސްއޫލިއްޔަތަކަށް ނުވި ނަމަވެސް މި މަސްއޫލިއްޔަތު އުފުލަން މިއަދު މަޖުބޫރުވެއްޖެ.'' ރައީސް ޔާމިން ވިދާޅުވިއެވެ.

  1. މިޤައުމުގެ ތާރީހަށްބަލާއިރު ވެރިން ކުރާކަމަކީ އޮޑިވެރިން ދިޔަވަރު ބޮޑުވީމާ އޮޑި އެހެލާ ފަދައިން، ދައުލަތުގެ ތިޖޫރީގައި އެންމެ ގިނައިން ފައިސާ ޖަމާވަގުތު ބަލާފަ ކޮންމެސް ޅިޔަނަކު ނޫނީ ރައްޓެއްސަކު ލައްވާ ތިޖޫރީގައި ހުއްނަ ފައިސާކޮޅު ނަގާ ހުސްކޮށްލަނީ !

  2. ކީލި

    ވަރަށްވެސް ހިތްގައިމު ދވަސްތަކެއް ރޔާމީންގެ ޒައާމަތުގާ މިގައމު ދެކެމުން ދިއައީ، އެކަމުގެ ނާޖާއިޒު ފައިދާ މިހާރު މިއޮތް މައްކާރުންގެ ސަރުކާރުން ނަގަމުން އެދަނީ، ރޔާމީން ގައުމު ހުންގާނުގާ ހިތްޕެވީ ވަރަށްވެސް ނުތަނަވަސް ހާލަތެއްގާ ގައުމު އޮއްވާ، އެހެނަސް ރޔާމީންގެ ހިކުމަތު އަމަލީގެ ދަށުން ގައުމުނަގާ ކޮޅަށް ޖެއްސެވީ ވަރަށްވެސް ޖޯޝާއެކުގާ މިހާރު މިތިބަ ބައިޓަނު ހަމަނުވާ މީހުންގެ ސަރުކާރަށް މިތަން ފެނި ފެނި ހިތަށް ކެތްނުކުރެވިގެން ތިމާމެނަށް މާމޮޅުތަކެއްވާނެ ކަމަށް އަކަޔަންބޯ ހެދިގެން ވޯޓުް ވައްކަންކޮށް ވޯޓުތައް އަންދާ އޭތިމީތި ހަދައިގެން ދޮގުވެރިކަމެއް ހޯދައިގެން ފަށައިގަތްތަނުން ބޮތްކެއްނުޖަހާ ދިއައީ އަޑިއަށް، މިހާރު އެތިބީ ހިކިފަސްތާގަ ބަކަތަޅަން،
    ޣއްސާނު ވިދާޅުވި ފަދައިން ރައިއްޔަތުންގެ ލޯތްބާއި މާތްﷲ ގެ ވާގިފުޅާއެކު މިފަހަރު ދެހާސްތޭވީސް ކާމިޔާބު ކުރަށްވާނީ ރޔާމީން، އިންޝާﷲ.