ޕީޖީގެ ލަފާގެ މަތިން ނަޞީރު ބަންދުން ދޫކޮށްލައިފި

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނޫސްވެރިޔާ ޢަބްދުﷲ ނަޞީރު އިބްރާހިމް ބަންދުން ދޫކޮށްލައިފިއެވެ.
އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނަޞީރު ހައްޔަރުކުރީ މިދިޔަ މަހުގެ 29 ގައެވެ.
ނަޞީރުގެ މައްޗަށް ދަޢުވާކުރުމަށް އެދި މިހާރު ފުލުހުން ވަނީ ޕީޖީއަށް ފޮނުވައިފައެވެ. އަދި ބަންދުގައި ބަހައްޓަން ނުފެންނަކަމަށް ޕީޖީން ލަފާދިނުމުން މިދިޔަ ބުދަ ދުވަހު ވަނީ ނަޞީރު ދޫކޮށްލައިފައެވެ.
ނަޞީރަށް ދަޢުވާކުރަން ފުލުހުން ފޮނުވި ނަމަވެސް ދަޢުވާކުރުމާމެދު ޕީޖީން އަދި ގޮތެއް ނިންމައިފައެއް ނުވެއެވެ.