Friday, 30 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮންގްރެސްގައި ޔުމްނާ ޕްރޮމޯޓް ކުރުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

ކޮންގްރެސްގައި ޔުމްނާ ޕްރޮމޯޓް ކުރުމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކޮށްފި

އެހެން ޕާޓީތަކުގެ ސްލޮޓުތަކުގައި ކެބިނެޓަށް ވަޑައިގެން ތިއްބެވި ވަޒީރުން، އެމްޑީޕީގެ ކޮންގްރެސްގައި އިޝްތިހާރު ނުކުރުމަށް އެ ޕާޓީގެ ރައީސް، މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައީސްގެ މިހެން ވިދާޅުވެފައިވަނީ، ސަރުކާރު ކޯލިޝަންގެ ރައީސް މައުމޫންގެ ޕާޓީ އެމްއާރުއެމްގެ ވަޒީރު ޔުމްނާ މައުމޫނަށް ތައުރީފް ކުރައްވަވާ، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު ތޯރިޤް ދެއްކެވި ވާހަކަފުޅަށް ފަހުއެވެ.

ވަކި ބޭފުޅެއްގެ ނަން ވިދާޅުނުވެ، ރައީސް ނަޝީދު ވިދާޅުވީ، އެހެން ޕާޓީތަކުގެ ވަޒީރުންގެ ވާހަކަ އެމްޑީޕީގެ ކޮންގްރެސްގައި ދެއްކުމަކީ އެ މަނިކުފާނު އެދިވައިގަންނަވާ ކަމެއް ނޫން ކަމަށެވެ.

Advertisement
Allied — Dhen Online (box)

"މިކޮންގްރެސްގައި ރަނގަޅީ އެހެން ޕާޓީތަކުގެ ވަޒީރުން އިސްތިހާރު ނުކުރެއްވިއްޔާ. މިއީ އެމްޑީޕީގެ ކޮންގްރެސް. މިއީ ވާދަވެރި ސިޔާސީ ޕާޓިއެއް. އަޅުގަނޑުމެނެއް ބޭނުމެއް ނޫން މިތަނުގައި އެހެން ޕާޓީތަކުގެ ފަލްސަފާއެއްވެސް، ވަޒީރުނެއްވެސް، އަދި އެގޮތަށް މި ރާއްޖޭގެ ކަންތައްތައް ހިނގާކަށްވެސް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް