ޚަބަރު ސިޔާސީ

އިމްރާނުގެ ކޮސްތެޅުމެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފަހަކަށް އައިސް މީހުންގެ ސަމާލުކަން ހޯދަން ޓުވީޓުކުރައްވަމުން ގެންދަވާ ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ރޭގެ ވަގުތެއްގައި އިތުރު ޓުވީޓެއް ކުރައްވައި, ރިޔާސީ ރޭހުގައި އެކި ޕާޓީތަކުން ވިއްކާނީ އެކި އެއްޗެހިކަމަށް ވިދާޅުވެއްޖެއެވެ.

Ads by STELCO

ފަހަކަށް އައިސް ވަކި ވަގުތެއް ނުބަލައި އިމްރާން ގެންދަވަނީ އެކި ކަހަލަ ޓުވީޓުކުރައްވަމުންނެވެ. މީހުންގެ ސަމާލުކަން ހޯދަން އެފަދަ ޓުވީޓު ކުރެއްވި ނަމަވެސް ފާޑުކިޔުން ނޫން އެއްޗެއް އަމާޒެއް ނުވެއެވެ.

އެމްޑީޕީގެ ކޮންގްރެސް ނިމޭނެކަމަށް ބައެއް ފަރާތްތަކުން ކުރި ލަފަޔާ ޚިލާފަށް ކޮންގްރެސް ނިންމާލައިފައިވަނިކޮށް އިމްރާން ރޭ ވިދާޅުވީ އެމްޑީޕީގެ ކޮންގްރެސް ނިމޭނެކަމަށް ބައެއް ފަރާތްތަކުން ކުރި ލަފަޔާ ޚިލާފަށް ކޮންގްރެސް ނިންމާލައިފައިވަނިކޮށް އިމްރާން ރޭ ވިދާޅުވީ 2023 ގެ މަންޒަރުގައި މަޑުމަޑުން ކުލަޖެހެން ފެށީ ކަމަށެެވެ. އަދި އެކި ޕާޓީތަކުން ވިއްކަނީ އެކި އެއްޗެހިކަން ރައްޔިތުންނަށް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

އިމްރާން ވަނީ އެންމެ ގިނަ ރައްޔިތުން ބަލައިގަންނަ އެއްޗެއް ވިއްކެނީ ކޮން ޕާޓީއަކުން ކޮން ކެންޑިޑޭޓަކަށްތޯ ވެސް ސުވާލުކުރައްވައިފައެވެ.

އިމްރާން ރައީސްކަން ކުރައްވާ ޢަދާލަތު ޕާޓީއަކީ ދީން ހަތިޔާރަކަށް ހަަދައިގެން ސިޔާސީ މަންފާ ހޯދާ ޕާޓީއެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. އެ ޕާޓީގެ ބައެއް ޢިލްމުވެރިންނަކީ ވެރިންނަށް ހުޝާމަދުކުރުމުގައި އަރައި ތިބި ބައެކެވެ.

  1. ބޭބެ

    އަޅުގަނޑުމީ ވަކިމީހަކަށް ސަޕޯޓްކުރާމީހެއްނޫން.
    އެކަމު ދެން ގަ މިލިޔުންލިޔުނު ބޭފުޅާއަށް ނޭގޭއެއްޗެއް ބުނެލަފާނަން
    ޕާޓީކުޑަޔަސް މިހާތަނަށް އަލަތަށްވުރެ ރަނގަޅުޕާޓީ އެއް ނެއް!
    ސަބަބު. އެމީހުން އެރި ކޮޅެއް ކާމިޔާބު ވެފަ އޮތީ!

  2. މުސްލިމުންގެ އެންމެ ވަރުގަދަ ސިޔާސީ ހަތިޔާރަކީ ހަމަ އިސްލާމް ދީން، މުސްލިމުން އިސްލާމް ދީން ބޭނުން ކުރަންވީވެސް ހަތިޔާރެއްގެ ގޮތުގައި، އެގޮތަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރާހާ ހިދަކު ކާމިޔާބުވާނެ،ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރާނަމަ ނާކާމިޔާބްވާނީ ، މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދީން !