ކޮވިޑުގައި ރާއްޖެ ''އަނގަވަތަށް ނުވެއްޓުނީ'' ކުރީ ސަރުކާރުން ގާއިމުކުރި ސިސްޓަމް ވަރުގަދަވީމަ: މުންދު
ކޮވިޑުގައި ރާއްޖެ ''އަނގަވަތަށް ނުވެއްޓުނީ'' ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ސަރުކާރުން ގާއިމުކޮށްފައިދިޔަ ސިސްޓަމް ވަރުގަދަވުމުންކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ޗެނަލް 13'' އިން ރޭ ގެނެސްދިން ''ނިއުސްޓޯކް'' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ކޮވިޑުގައި ރާއްޖެ ''އަނގަވަތަށް ނުވެއްޓުނީ'' ކުރީ ސަރުކާރުން ގާއިމުކޮށްފައިދިޔަ ސިސްޓަމް ވަރުގަދަވުމުން ކަމަށާއި, ހަވާލުކޮށްފައިދިޔަ އިންފްރާސްޓްރަކްޗަރ މޮޅުވުމުން ކަމަށާއި, ދޫކޮށްފައި ދިޔަ ތަކެތީގެ ފެންވަރު ރަނގަޅުވީމަ ކަމަށެވެ. އޭގެ މާނައަކީ ރައީސް ޔާމިން ހުންނެވިނަމަ ރާއްޖޭގެ ސިއްހީ ކަންކަން ރަނގަޅުވާނެކަމަށް ކަމަށެވެ.
މުންދު ވަނީ ކޮވިޑާ ގުޅިގެން ބޭރު ޤައުމުތަކުން ލިބުނު ފައިސާގެ އެހީތަކުގެ %30 މިއަދުގެ ސަރުކާރުން ''ކާލައިފައި'' ވާކަމަށް ވެސް ތުހުމަތު ކުރައްވައިފައެވެ. އަދި ކޮވިޑުގައި ސަރުކާރުން ކުރި ހޭދައަށްވުރެ ބޮޑަށް ބޭނުންކުރީ އެކި ޤައުމުތަކުން ދިން އެހީކަމަށާއި އެ ގޮތުން ވެކްސިން, ޕީޕީއީ ފަދަ ތަކެއްޗަކީ ހިލޭ ލިބުނު ތަކެތި ކަމަށް މުންދު ވިދާޅުވިއެވެ. އޭގެ އިތުރުން މި ސަރުކާރުން ގާއިމުކުރީ ފެންވަރުދަށް ކޮވިޑު ފެސިލިޓީތަކެއްކަމަށް ވެސް މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވި ގޮތުގައި ކޮވިޑުގެ ދުވަސްވަރު ކުރެވުނުހައި ވެސް ކަމަކީ ވައްކަންކޮށް, މާލޭގެ ބޮޑެތި ހޮޓެލްތައް ކުއްޔަށް ހިފައިގެން މުވައްޒަފުން ގޮވައިގެން ''ބިރަކާނުލައި މަޖާކުރުން'' ކަމަށެވެ.
ކޮވިޑް މެނޭޖް ކުރީވެސް ރައީސު ޔާމީނު އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލްގައި !