ހަށި ވިއްކި މައްސަލައެއްގައި ދެ ފިރިހެނަކު ހައްޔަރުކޮށްފި

ހަށި ވިއްކި މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
ހަށި ވިއްކި މައްސަލައެއްގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ މުޙައްމަދު ޝަރީފް (52 އ) އާއި , ކަމަލް އުއްދިން (41 އ) ކިޔާ މީހެކެވެ.
ކްރިމިނަލް ކޯޓުގެ ޢަމުރުގައި މައްސަލައިގެ ބާވަތެއްކަމަށް އޮތީ ހަށި ވިއްކުމެވެ. އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މި މަހުގެ 21 ވަނަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން މުޙައްމަދު ޝަރީފްގެ ބަންދަށް 05 ދުވަސް, ކަމަލް އުއްދިންގެ ބަންދަށް 10 ދުވަސް ވަނީ ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ހެކީގެ ގޮތުގައި އިންޓެލިޖެންސް ރިޕޯޓާއި, ހާދިސާ ރިޕޯޓު ވަނީ ހުށަހަޅައިފައެވެ.
އެ މީހުން ބަންދު ކުރި ސަބަބެއްކަމަށް އޮތީ އެ ދެ މީހުންނަކީ ބިދޭސީން ކަމަށާއި, އުޅެމުންދަނީ ޤާނޫނާ ޚިލާފަށް ސްޕޮންސަރެއް ނެތިކަމަށް ފުލުހުން ބުނެފައިވާތީއާއި ފިލާފާނެކަމަށް ބެލެވޭތީއެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.ޙައްލަކީ ޢުމަރު.