ޚަބަރު

ކުޑަ ކުއްޖަކާ ބެހުނު ކަމަށްބުނެ މީހަކަށް އަނިޔާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ މީހަކަށް ހުޅުމާލޭގައި ބަޔަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.

Ads by STELCO

އެކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ބަޔަކު މީހުން މީހަކަށް އަނިޔާކުރާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި މިހާރު އަނިޔާ ލިބުނު މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި އެ މީހާއަކީ 29 އަހަރުގެ މީހެއް ކަމަށް ފުލުހުން ހާމަކުރެއެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ހިޔާ ފްލެޓް ސަރަހައްދުގައި އެ މީހާއަށްވަނީ ފައިންނާއި އަތުން ތަޅާ މަންޒަރު ފެނެއެވެ. އަދި ލައިގެން ހުުރި އެއްޗެހި ވެސް ބާލުވައެވެ. އަދި ކުއްޖާއާ ބެހުނު ކަމަށް އެއްބަސްވުމަށާއި ކަންކުރި ގޮތް ކިޔައިދޭން އެދި ގޮވައެވެ.

މި މައްސަލަ އިތުރަށް ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!