ޢަދާލަތުގެ ރައްދު: ގޮށްމުށުގެ ބާރުން ވެރިކަން ކުރި މީހަކަށް އިސްލާހުވެފައި ހުރި ކަންކަން ފާހަގައެއްނުވާނެ
ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނުމުން, ޢަދާލަތު ޕާޓީން ރައްދު ދީފިއެވެ.
ސިޔާސީ މަޝްރަހުގައި ހަރަކާތްތެރި ވަމުންދާ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކުން ބައެއް ކަންކަން ރައްޔިތުންނަށް އޮޅުން އެރުން އެކަށީގެންވާކަމަށް ބުނެ އެމްއާރްއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު އެއް ޝަކުވާއަކީ ޑިމޮކްރަަސީ ގެނައުމަށް އޭރުގެ ސަރުކާރުން ކުރު މުއްދަތެއްގެތެރޭގައި ކުރި ބުރަ މަސައްކަތާއި ތަފާތު ފިކުރުގެ އަހުލުވެރިންނަށް ދިން އެއްބާރުލުމުގެ ނަތީޖާ، ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް ނެރެވިފައިނުވާ ކަމުގެ ޝަކުވާ ކަމަށެވެ.
އެ ގޮތުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި, އިންސާނީ ޙައްޤުތަކުގެ ހާލަތާއި، ވާނުވާޖަހައި ޖަލަށްލުމާއި، އިޖުތިމާޢީ ރައްކާތެރިކަމާއި، ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުންފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައިނުވާކަން ރައްޔިތުން ފާހަގަކުރާ ކަމަށް ބުނެފައިވެއެވެ. އަދި މުޖުތަމަޢުގެ ރައްކާތެރިކަމާއި ދީނީ އެއްބައިވަންތަކަންފަދަ ބައެއް ދާއިރާތަކުން މީގެ 14 އަހަރު ކުރިއާ އަޅާބަލާއިރު އެތައް ފިޔަވަޅެއް ފަހަތަށް އަޅާފައިވާކަމަށް ރައްޔިތުން ދެކޭ ކަމަށް ވެސް ބުނެފައިވެއެވެ.
އެކަމަށް ރައްދު ދެއްވައި ޢަދާލަތު ޕާޓީގެ ސްޕޯކްސްޕާސަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު ކުރެއްވި ޓުވީޓެއްގައިވަނީ މައުމޫނުގެ ދައުރުގެ އަނިޔާވެރިކަމަށް އަލިއަޅުވައިލައްވައިފައެވެ. އޭނާ ވިދާޅުވީ މައުމޫނު ވެރިކަން ކުރެއްވީ އަނިޔާވެރިކަން އިސްކުރައްވައި ގޮށްމުށުގެ ބާރުން ކަމަށެވެ. އަދި އެފަދަ ބޭފުޅަކަށް އިސްލާހުވެފައިހުރި ކަންކަން ފާހަގަ ނުވުމަކީ ހައިރާންވާންޖެހޭކަމެއް ނޫން ކަމަށެވެ.
''އަނިޔާވެރި ލާއިންސާނީ ޢަމަލުތަކާއި, ގޮށްމުށުގެ ބާރުން ވެރިކަން ހިންގި މީހަކަށް އިސްލާހުވެފައިހުރި ކަންކަން ފާހަގަ ނުވުމަކީ ވެދާނެކަމެއް. އެކަމާ ހައިރާންވާކަށް ނުވާނެ.''
ނަޒީރު ވިދާޅުވީ ބައެއް ސިޔާސީ ލީޑަރުންގެ ކަންކަން ހުންނަ ގޮތުން މާޒީގެ އަނދިރި ސަފުހާތައް ފަހަށް ދޫކޮށް ކުރިއަށްދާން އުނދަގޫވާ ކަމަށެވެ.
އަވައްޓެރި މުސްލިމް ޕާކިސްތާނު ޤައުމުގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން އުޅޭއިރު ތައުޒިޔާއާއި ހަމްދަރުދީގެ ޝުޢޫރު ފާޅުކޮޒް މެސެޖެއްވެސް ފޮނުވާލަން ނުކެރޭ ސަރުކާރެއްތޯ ؟ އިންޑިޔާ ނުރުހިދާނެތި !
އަބަދުވެސް ވެރިން ވެރިކަން ކުރަނީ ގޮތްމުށުގެ ބާރުން މިއަދުވެސް ފެންނަނީ އެބާރު ނުންތޯ !