ޚަބަރު ޝަރުޢީ ދާއިރާ

މުޞްޢަބު ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ނިންމައި ބަދަލުގައި އެއް މިލިއަން ދޭން ޙުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲ . ފޮޓޯ: މިހާރު

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲ މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.

Ads by MWSC

ސިވިލް ސަރވިސް ކޮމިޝަނުން ބަލަމުންދިޔަ މައްސަލަތަކަކާ ގުޅިގެން ގިނަ ދުވަސްތަކެއްގައި ސަސްޕެންޝަނުގައި ބެހެއްޓުމަށްފަހު މުޞްޢަބު މަޤާމުން ވަކިކުރީ ސެޕްޓެމްބަރު 2019 ގައެވެ.

އެ ނިންމުން ބާތިލު ކުރުމަށާއި, ވަޒީފާ އަނބުރާ އިއާދަކޮށް ދިނުމަށާއި, ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ހޯދަން މުސްޢަބު ދަޢުވާކުރުމުން 2020 ގައި ސިިވިލް ކޯޓުން ނިންމީ އޭނާ މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުނުވާ ކަމަށެވެ.

އެ ގޮތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިއަދު ކުރި ޙުކުމުގައި ބުނެފައިވަނީ މުޞްޢަބު މަޤާމުން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުސާރަ ކުރިއަށް އޮތް 14 ދުވަސްތެރޭ ދިނުމަށް ޙުކުމުގައި އަންގާފައިވެއެވެ.

ޙުކުމުގައިވަނީ މުޞްޢަބު މަޤާމުން ވަކިކުރުމަށްފަހު އެ މަޤާމަށް އެހެން މީހަކު އައްޔަންކޮށްފައިވާތީ ހޯދައިދެވެން އޮތް ހައްލަކީ ބަދަލު ނަގައިދިނުން އެކަނި ކަމަށެވެ. އެ ގޮތުން ބަދަލުގެ ގޮތުގައި ކަނޑައެޅީ 1,187,666.60 ރުފިޔާއެވެ.

Ads by HDC
  1. އަބްދޫ

    ބަދަލު ނަގައި ދިނުމަށްފަހު ދަވްލަތުން އެކަންކުރިބަޔަކާ ދެކޮޅަށް ދައުވާ ކުރަންޖެހޭ ގޮތަށް ގާނޫނުއޮތީ އެކްން ކުރާނަމަ ގާނޫނާ ހިލާފު ކަންކަމެއް ނުކުރާނެ.