ޚަބަރު އިޖުތިމާޢީ

އިސްލާހުތައް ފާސްވެއްޖެނަމަ ފަނޑިޔާރުން ނިކަމެތިވެ, މުޅި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަސަރުކުރާނެ: މުހުތާޒު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުހުތާޒު. ފޮޓޯ: ސަން

ފަނޑިޔާރުންގެ ޤާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތައް އެއާ އެއްގޮތަށް ފާސްވެއްޖެނަމަ, އެ އިސްލާހުތަލުގެ ސަބަބުން މުޅި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަސަރުކުރާނެކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެެއެވެ.

Ads by Hajj Corporation

ފަނޑިޔާރުންނަށް ލިބިދޭ އިނާޔަތްތަކުގެ އޮނިގަނޑު އިސްލާހުކުރުމަށާއި، އެ ނޫން ވެސް ބައެއް އިސްލާހުތައް ގެނައުމަށްޓަކައި ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ފޮނުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ވަނީ ފޮނުވާފައެވެ.

މުހުތާޒު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް މިހާރު ހުށަހެޅިފައިވާ އިސްލާހުތަކަކީ, އެ އިސްލާހުތައް އެގޮތަށް ފާސްކުރެވިއްޖެނަމަ ފަނޑިޔާރުން ނިކަމެތިވެ, މުޅި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އެކަމުގެ ސަބަބުން އަސަރުކުރުވާނޭ ފަދަ އިސްލާހުތަކެއް ކަމަށެވެ. އެހެންކަމުން ޤާނޫނީ ފަންނުން ފަނޑިޔާރުންގެ ދިފާއުގައި ބަސްބުނަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ގެންނަން އުޅޭ އިސްލާހުތަކުގެތެރޭގައި, ފަނޑިޔާރުންގެތެރެެއިން ދިރިއުޅޭނެ އަމިއްލަ ތަނެއް ނެތް ފަނޑިޔާރުންނަށް އެފަދަ ތަނެއް ހޯދޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ނުވަތަ އަމިއްލަ ފަރާތްތަކުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް ކުރިމަތިލެވޭނެ އިންތިޒާމުތައް ހަމަޖައްސަން ޤާނޫނުގައި ކަނޑައެޅުން ހިމެނެއެވެ. އަދި ފަނޑިޔާރުންނަށް ލިބޭ ލިވިން އެލަވަންސްގެ މިންވަރަކީ އަސާސީ މުސާރައިގެ %35 އަށްވުރެ މަދުނުވާނެ އަދަދެއްކަމުގައި ކަނޑައެޅުން ވެސް އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން ފަނޑިޔާރުކަމުގެ މަސައްކަތުގެ އިތުރުން ފަނޑިޔާރުން ކުރުން ޤާނޫނު ހުއްދަކުރާ އެހެން މަސައްކަތްތަކަށް އުޖޫރަ ބަލައިގަތުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ދާއިރާގެ ތެރޭގައި ހުއްދަކަމަކަށް ހެދުން ވެސް ހިމެނެއެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުކަމަށް ބޭނުންވާ ފެންވަރަށް ތަޖުރިބާ ލިބިފައިވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާ އުސޫލު އިސްލާހުކޮށް، މެޖިސްޓްރޭޓް ކޯޓެއްގެ ނުވަތަ އެހެން ކޯޓެއްގެ ލީގަލް އެސިސްޓެންޓްކަމުގެ މަޤާމުގައި ނުވަތަ މަޤާމުގެ މަސްއޫލިއްޔަތުގެ ގޮތުގައި ޤާނޫނީ މަސައްކަތް ކުރުން ކަނޑައެޅިފައިވާ އެފަދަ އެހެން މަޤާމެއްގައި ދެ އަހަރުގެ ތަޖުރިބާ ހުރި މީހުންނަށް އެ މަޤާމަށް ކުރިމަތިލެވޭ ގޮތަށް ހަމަޖެއްސުމާއި, ފަނޑިޔާރުން އަމިއްލައަށް އެދިގެން ފަނޑިޔާރުންގެ މަޤާމުން ވަކިވެވޭނެ ޢުމުރަކީ 65 އަހަރުކަމުގައި ކަނޑައެޅުން ވެސް ހިމެނެއެވެ.

Ads by Allied Insurance
  1. ނާޅި

    ސިޔާސީ މީހުނެއް ނޫޅޭނެ ފަޑިޔާރުގެ އިސްކާހުކުރަން އެއީ އެމީހުން އެންމެ ބިރުގަންނަ ތަނަކީވެސް ފަޑިޔާރުގެ، އެމީހުން ފަޑިޔާރުގެ ހަދަން ބޭނުންވަނީ އެމީހުން މޮޑޭ ފުއްގަޑެއްގިތަށް !