ޚަބަރު ޝަރުޢީ ދާއިރާ

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދަޢުވާ ލިބޭ މީހުންގެ ޝަރީޢަތް މިއަދު ފަށަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާން ރަހީނުކޮށް މަރާލި ކަމަށް ތުހުމަތުކުރެވޭ މައްސަލައާއި, ބްލޮގަރު ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ދަޢުވާ ލިބޭ ތިން މީހުންގެ ޝަރީޢަތް މިއަދު ފަށަން ތާވަލުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުގައި އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު 13:00 އަށެވެ.

ރިޟްވާނާއި ޔާމީންގެ މަރުގެ މައްސަލައިގައި ދަޢުވާކޮށްފައިވަނީ މިދިޔަ ޖޫންމަހުގައި ހައްޔަރުކުރި މ.ލެގޫންވިއު، އިސްމާޢީލް ޢަބްދުއްރަޙީމް އާދަމް (އިސޫ) އާއި, މއ.ފާގަފިލާގެ، އަޙްމަދު އިސްމާޢީލް (އަހަނދު) އާއި, ދަފްތަރު ނަންބަރު 8499، އަޙްމަދު މުޢާޒު (ގަޓު މުއާ) ގެ މައްޗަށެވެ.

އިސޫގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް އެހީތެރިވެދިނުމުގެ ކުށުގެ ދެ ދަޢުވާއެކެވެ. އެއީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ރިޟުވާން ރަހީނުކޮށް މަރާލުމަށްޓަކައި ރިޟްވާނަށް ފާރަލައި، ރިޟުވާން ރަހީނުކޮށް، މަރާލުމުގައި އެހީތެރިވެދީފައިވާކަމުގެ ތުހުމަތުގައެވެ. އަދި ޔާމީންގެ ބްލޮގްގައާއި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އިސްލާމްދީނާ ފުށުއަރާ ވާހަކަތައް ލިޔެ ޕޯސްޓުކުރަމުން ގެންދާކަމަށް ބުނެ، 23 އޭޕްރީލް 2017 ދުވަހުގެރޭ އަނިޔާވެރިގޮތަކަށް ޔާމީން ރަޝީދު މަރާލުމަށްޓަކައި ޔާމީން ރަޝީދުއަށް ފާރަލައި، ޔާމީން ރަޝީދު މަރާލުމަށް އެހީތެރިވެދީފައިވާތީކަމުގެ ތުހުމަތުގައެވެ.

އަހަނދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދެ ދަޢުވާ އުފުލާފައިވެއެވެ. އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމުކޮށް, އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް ރިޟްވާން ރަހީނުކޮށް މަރާލާފައިވާކަމުގެ ތުހުމަތުގައާއި, ޔާމީން މަރާލުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ޔާމީނަށް ފާރަލުމުގެ ކަންކަން އިންތިޒާމުކޮށް، އެކަން ކުރުމަށް އެހީތެރިވެދިންކަމުގެ ތުހުމަތުގައެވެ.

ގަޓު މުއާގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއެވެ. އެއީ ރިޟްވާން މަރާލުމުގެ ކަންކަން ރާވައި، އިންތިޒާމުކޮށްފައިވާތީއާއި، އޭނާއާއި އޭނާގެ ބައިވެރިން ރާވާފައިވާ ގޮތުގެ މަތިން، އެހެން ބަޔަކު މެދުވެރިކޮށް، ރިޟްވާން ރަހީނުކޮށް މަރާލާފައިވާ ކަމުގެ ތުހުމަތުގައެވެ.

Ads by Allied Insurance
  1. ދިވެހި ޒުވާނުން

    އަޅެ ކަސްމުންނޭ ކަލޭމެން ތިކަމުގެ އެންމެ އަޑީގައި ތިބި މީހުން ކިޔާދީބަލަ އަދި އެމީހުން ސީދާ ޝަރީއަތުގެ ކުރިމައްޗަށް ނެރެދީބަލަ މިހާރު ދެން ކަލޭމެންނަށް ބިރެއް އެމީހުންނަކަށް ނުދެއްކޭނެ އޭރުންދޯ ތިކަމުގެ އިންސާފު އެއާއިލާތަކަށް ހޯދައި ދެވޭނީ އަދި އެވެރިން މި ޖައްސާ ހަގީގީ ވައްތަރު ހާމަވާނީ އާންމު ރައްޔިތުންނަށް ހަމަ ތިބެފަ އާދައިގެ ކުއްޖަކު ގޮސް މީހަކު ގެއްލުބާލާ ނުވަތަ މަރާނެ ކަމަކަށް ހާދަ ގާބޫލުކުރަން ދައްޗޭ