Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ދެވަނަ ފިޔަވަހީގައި ގާއިމުކުރި ފުރަތަމަ ޕްރައިމަރީ ސްކޫލު ހުޅުވައިފި

ދެވަނަ ފިޔަވަހީގައި ގާއިމުކުރި ފުރަތަމަ ޕްރައިމަރީ ސްކޫލު ހުޅުވައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމުކުރި ފުރަތަމަ ޕްރައިމަރީ ސްކޫލު މިއަދު ހުޅުވައިފިއެވެ.

ފުލެޓުތައް ހިމެނޭ ސަރަހައްދުގައި ގާއިމުކުރި ކާމިލް ދީދީ ޕްރައިމަރީ ސުކޫލު ހުޅުވައިދެއްވީ ނައިބު ރައީސް ފައިޞަލް ނަސީމެވެ.

824 ދަރިވަރުންނާއެކު ހުޅުވި މި ސުކޫލުގައި އެލްކޭޖީއާއި ޔޫކޭޖީ އަދި ގުރޭޑް އެކަކުން ފެށިގެން ހަޔަކާ ހިސާބަށް ކިޔަވައިދޭނެއެވެ. ގުރޭޑް އެކަކުން ފެށިގެން ހަޔަކާ ހިސާބަށް ކިޔެވުން ކުރިއަށް ގެންދާނީ ދެ ދަންފަޅިއަށެވެ. އެލްކޭޖީއާއި ޔޫކޭޖީގެ ކިޔެވުން ކުރިއަށް ގެންދާނީ ހަތަރު ދަންފަޅިއަށް ބަހާލައިގެންނެވެ.

Advertisement
Ooredoo — Square (box)

މި ސުކޫލުގައި އިދާރީ 08 މުވައްޒަފުންނާއި, 10 މަަސައްކަތު މީހުންނާއި, 47 ޓީޗަރުން މަސައްކަތް ކުރައްވާނެއެވެ.

މި ސުކޫލުގެ ނަން ނިސްބަތްވަނީ ރާއްޖޭގައި އެކުލަވައިލެވުނު ފުރަތަ ޤާނޫނުއަސާސީގެ ދަށުން އައްޔަންކުރެވުނު ފުރަތަމަ ވަޒީރުލްމަޢާރިފް އުސްތާޒު އަޙްމަދު ކާމިލްދީދީއަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް