މާލެއަކީ މީހަކު މުނިފޫހި ފިލުވަން ދާވަރުގެ ތަނެއްތޯ އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު މިއަދު ސުވާލު ކުރައްވައިފިއެވެ.
ރާއްޖޭތެރޭގެ ގިނަ މީހުން މާލެ އަންނަނީ މުނިފޫހިފިލުވުމަށް ކުރާނެ ކަންކަން ނެތުމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދުގެ ވާހަކައާ ގުޅިގެން ނިޒާރު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އަތޮޅުތެރޭގެ ތަރައްޤީއަށް ދޫދިނުމަށް ގޮވައިލައްވައިފައެވެ. އަދި ރާއްޖެއަށް ލިބޭ އާމްދަނީގެ ތެރެއިން އަތޮޅުތެރެއަށް ހިއްސާ ބޮޑުކުރުމަށް ވެސް ގޮވައިލެއްވިއެވެ.
ނިޒާރު ވިދާޅުވީ މާލެއަށް ''މުނިފޫހިފިލުވަން'' ކުރާ ''ހިޖުރަ'' ނިމުމަކަށް އަންނާނީ އަސްލު މައްސަލަ ދިރާސާކޮށް މަޝްވަރާ ކުރެވިގެން ކަމަށެވެ.
''އަތޮޅުތެރެ ތަރައްޤީއަށް ދޫ ދެއްވައި, އާމްދަނީގެ ހިއްސާ ބޮޑު ކުރައްވައި, އަސްލު މައްސަލަ ބައްލަވަން މަޝްވަރާ ކުރެވިގެން މާލެއަށް މުނިފޫހި ފިލުވަން ކުރާ ހިޖުރަ ނިމުމަކަށް އަންނާނެ. އެހެން ނޫނަސް މާލެއަކީ މުނިފޫހި ފިލުވަން ދާވަރު ތަނެއްތޯ.''
ރާއްޖޭތެރޭގެ ގިނަ މީހުން މާލެ އަންނަނީ މުނިފޫހިފިލުވުމަށް ކުރާނެ ކަންކަން ނެތުމުންކަމަށް ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވަނީ ރާއްޖޭތެރޭގެ %80 މީހުން މުނިފޫހިފިލުވަނީ ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯތައް ބަލައިގެންކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަޔާ އެހެން ވިދާޅުނުވާކަމަށް ވިދާޅުވެ ނަޝީދު ވަނީ އިތުރުފުޅު ހައްދަވައިފައެވެ.
ޏުބަި ލެވވިހަަ ކަމެހ ކުރަނ
ފަޔާޒޫ އޭނަ އެބުނީ ތެދެއް…ހުރިހާ ބާވަތެއްގެ ކުޅިކުޅުމާ ހަމަ އެފަދަ ބާވަތްތަކުގެ ބުއިންތަކާ ނާޗަރަނގި އޮތީ މާލޭގަ. އެކަންތައް އުފަން ކުރުވާ ފަތުރަން ހުރީ މިކަލޭގެކަން ފަޔާއަށް ހަމަ ރަނގަޅަށް އެނގޭނެ…
މާލެއަށްދާން މަޖުބޫރުވަނީ ރާއްޖެތެރޭގައި ރަގަޅު ސިއްހީ ފަރުވާ ލިބެންނެތުމުން.އެހެންނޫންނަމަ މާލޭގެ ފަސްގަނޑަށް އަރާކަށްވެސް ބޭނުމެއްނޫން.އެންމެބޮޑެތި ކުށްތައް އުފަންވާ އެއްތަން މާލެއަކީ.ރާއްޖެތެރޭގެ ހިތްފަސޭހަކަން މާލޭގެ މުނިފޫހިފިލުވުމާ ނުބައްދަލު.ކޮންމެ މީހަކު ބުންޏަސް މާލެދާ ސަބަބަކީ ސިއްހީފަރުވާ.މާލެ އެކަނި ސިއްހީގޮތުން ކުރިއެރުވިޔަސް ނުފުދޭ.ރާއްޖެތެރެ މާލެއާ އެއްވަރުކުރޭ.މާލޭގައި ރާއްޖެއިން ބޭރުން ހޯދާ ޙިދުމަތް ގާއިމް ކުރޭ.
މާލޭ ކުށުގެ ވެޓަކަށް ހެދީ ރައްރަށުން، ޚާއްސަ ކޮށް ރާއްޖޭގެ އެންމެ ދެކުނަށް އޮންނަ ތިން އަތޮޅުގެ މީހުން މާލެ އައިސް…މިކަމުގެ ޒިންމާ އުފުލަންޖެހޭނީ މައުމޫނު….
އިތުރުފުޅެއްނޫން. ދޮގު ހަދަނަި.