ޚަބަރު އިޖުތިމާޢީ

18 އަހަރުން މަތީގެ މީހުންނަށް ކޮވިޑު ވެކްސިންގެ 4 ވަނަ ޑޯޒް ދޭން ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އައިޖީއެމްއެޗް ހޮސްޕިޓަލު/ ފޮޓޯ: ދެން އިމޭޖްސް

ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ކޮވިޑު ވެކްސިންގެ 4 ވަނަ ޑޯޒް ދޭން ފަށައިފިއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނީ, މިއަދުން ފެށިގެން ކޮވިޑު ވެކްސިންގެ 4 ވަނަ ޑޯޒް, ޢުމުރުން 18 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ. ނަމަވެސް މި ޑޯޒް ޖަހާނީ ތިންވަނަ ޑޯޒު ޖެހިފަހުން ހަތަރު މަސް ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކަށް ކަމަށެވެ.

އެ ފަރާތްތަކަށް ޖަހައިދޭނީ ފައިޒާ ވެކްސިންކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ މާލެ ސަރަހައްދުގައި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމެންޓް އުސޫލުން ކަމަށާއި, އަތޮޅުތެރޭގައި ވެކްސިން ޖެހުމުގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތް އެ ރަށެއްގެ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒުން ޢާއްމު ކުރާނެ ކަމަށެވެ.

މީގެ އިތުރުން 12 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޑޯޒް މިހާތަނަށް ފުރިހަމަ
ނުކުރެވި ހުރި ފަރާތްތަކަށް ވެކްސިން ސެންޓަރު ތަކުން ވެކްސިން ދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާނެކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭނެ ގަޑިތައް:

ދަރުމަވަންތަ ހޮސްޕިޓަލް: 12:00 އިން 14:00 އަށް (އާދިއްތަ، އަންގާރަ،ބުދަ)

ހުޅުމާލެ ހޮސްޕިޓަލް: 13:00 އިން 15:00 އަށް (އާދިއްތަ، އަންގާރަ، ބުރާސްފަތި)

ދަމަނަވެށި: 13:00 އިން 15:00 އަށް (ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު)

ވެކްސިން ޖެހުމަށް ޝަރުތުހަމަވާ ފަރާތްތަކަށް mv.gov.hpa.book އިން މަތީގައިވާ ސެންޓަރުތަކަށް އެޕޮއިންޓްމަންޓް ހެއްދޭނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!