Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ނާޒިމާމެދު އެޅޭނެ ފިޔަވަޅެއް ނެތް: ބާ ކައުންސިލު

ނާޒިމާމެދު އެޅޭނެ ފިޔަވަޅެއް ނެތް: ބާ ކައުންސިލު

އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ޤާނޫނީ ވަކީލު ނާޒިމް ޢަބްދުއްސައްތާރުގެ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓުމަށް އެދި ބާ ކައުންސިލަށް ހުށަހެޅި މައްސަލަ ނުބަލަން ނިންމައިފިއެވެ.

ނާޒިމް އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ ވީޑިއޯ ޢާންމުވުމުން އޭނާގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހެޅީ މިދިޔަ ޖުލައި 06 ގައެވެ. ނަމަވެސް އެ މައްސަލައެދު ބާކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ގޮތެއް ނިންމާފައިވަނީ މީގެ ދެ ދުވަސް ކުރިންނެވެ.

ބާ ކައުންސިލުން ބުނީ ޤާނޫނީ ފަންނުގެ ޤާނޫނުގެ 54 ވަނަ މާއްދާގައި ޤާނޫނީ ވަކީލަކު އެ މަސައްކަތުގެ ބޭރުން ކުރާ ޢަމަލަކާ ގުޅިގެން ސުލޫކީ ފިޔަވަޅު ނޭޅޭނެކަމަށް އޮންނާނީތީ ނާޒިމްގެ މައްސަލަ ބެލެން ނެތް ކަމަށެވެ.

Advertisement
Ooredoo — Square (box)

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެއްކޮށް އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުކުރެވި ނާޒިމް ހައްޔަރުކުރިއެވެ. ނަމަވެސް އޭނާ މިހާރު ހުރީ ބަންދުން ދޫކޮށްލައިފައެވެ. އޭނާގެ މައްޗަށް އެ މައްސަލައިގައި ވަނީ ދަޢުވާ ވެސް އުފުލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް