ޚަބަރު

ލާމަރުކަޒު ކުރުމުގެ ބޭނުމަކީ އެރަށެއްގެ މުއްސަދިކަން އެރަށަކަށް ހޯދައިދިނުން: ނިޔާޒް

މުޙައްމަދު އަރީޙް ، ދެން އޮންލައިން
ފަނޯއްލަ ދަރުބާރު ފެށުމަށް ބޭއްވި ރަސްމިއްޔާތު ނިޔާޒް ޝަރަފުވެރިކޮށްދެއްވަނީ.. ދެން އިމޭޖްސް

(ލ. ފޮނަދޫ) ލާމަރުކަޒު ކުރުމުގެ ބޭނުމަކީ އެރަށެއްގެ މުއްސަދިކަން އެރަށަކަށް ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވިއެވެ.

Ads by MWSC

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަން ވެސް ކުރައްވަމުންދާ ނިޔާޒް މިހެން ވިދާޅުވެފައިވަނީ މިހާރު ލ. ގަމުގައި ފެށިގެން ކުރިޔަށްދާ ފަނޯއްލަ ދަރުބާރު ސިލްސިލާގެ ހަތަރު ވަނަ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެެވެ.

ނިޔާޒް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ސަރުކާރުން ގެންނެވި ބަދަލަކީ ވަރަށް ބޮޑެތި މަޝްވަރާތަކެއް ކުރުމަށްފަހު ގެނައި ބަދަލުތަކެއް ކަމަށާއި އެ އިސްލާޙްތައް ހުށަހެޅުއްވި ފަރާތުގެ ހައިސިއްޔަތުން، އެކަމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"ސަރުކާރުން އޭރު މަޝްވަރާ ކުރަން ތިބި ހުރިހާ ކަމެއް ކުރިން، ސަރުކާރުގެ ފަރާތުން 22 އިސްލާޙެއް ހުށަހެޅި، ނަމަވެސް އަޅުގަނޑުމެން އެއަށްވުރެ ފުޅާކޮށް މަޝްވަރާއަށްފަހު 80 އަށްވުރެ ގިނަ އިސްލާހް ގެނައިން." ނިޔާޒް ވިދާޅުވިއެވެ.

ނިޔާޒް ވިދާޅުވީ ލާމަރުކަޒު ކުރުމަށް ސަރުކާރުން ގެންގުޅެމުން އަންނަ ސިޔާސަތުގެ މައިގަނޑު ބޭނުމަކީ އެރަށެއްގެ މުއްސަދިކަން އެރަށަކަށް ހޯދައިދިނުން ކަމަށާއި މިއަދު ކުރަމުން މިދާ މަސައްކަތަކީ އެކަމަށް ހުރި ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ.

"ޤަރާރުގައި އަޅުގަނޑު ބުނެފައިވާނެ، މި ޤަރާރުގެ ބޭނުމަކަށް ވަނީ އެ ރަށެއްގެ މުއްސަދިކަން އެރަށަކަށް ހޯދައިދިނުމޭ. އެއީ އެ ޤަރާރުގެ ސުރުޚީއަކީ ވެސް. އަޅުގަނޑުމެން މިތަަނަށް އެއްވެ މިތިބީ އެ ޤާނޫނުގެ ދަށުން އިސްލާޙްވުމަށްފަހު ފުރަތަމަ އިންތިޚާބުވި ކައުންސިލަރުންނާއެކު މިއަދު އެއްވެ މިތިބީ، އެ އިސްލާޙްތަކަށް ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ ބެލުމަށް" ހަތް އަތޮޅެއްގެ ކައުންސިލަރުންނާއި އަންހެނުންގެ ކޮމިޓީތަކުގެ މެންބަރުން ބައިވެރިވި މި މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވިއެވެ.

ފަނޯއްލަ ދަރުބާރަކީ ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (ސެޕް) ގެ ސިޔާސަތުތަކާއި ލާމަރުކަޒީ ޤާނޫނަށް ގެނެވުނު 8 ވަނަ އިސްލާހު ތަންފީޛުކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ޖުމްލަގޮތެއްގައި ލާމަރުކަޒީ ނިޒާމު ހިންގުމަށް ހުރި ދަތިތައް ފާހަގަކޮށް އެކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ހައްލުކުރުމަށް ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ނިޔާޒް ވިދާޅުވީ، މިހާރު ވެސް މަޝްވަރާ ކުރެވިގެން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ހުރިނަމަ، އެކަން ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.

އަދި ލާމަރުކަޒީ ގާނޫނަށް އެންމެ އަވަހަށް ގެނައުމަށް މަޝްވަރާ ކުރަމުންދާ ބަދަލާއި ބޭހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އެއީ އަންހެނުންގެ ކޮމިޓީތަކުގެ އިންތިޚާބު އަވަސް އަވަހަށް ބާއްވަން ޖެހޭތީ އެކަމަށް ހައްލު ހޯދުމަށް ހުށަހަޅާފައިވާ ބިލެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާފައިވާ އެ ބިލުގައި ވަނީ ޑަބްލިއުޑީސީގެ ބައި-އިލެކްޝަންތައް އަހަރަކު އެއްފަހަރު ބާއްވާގޮތަށް ހަދައި، ކޯރަމް ގެއްލޭ ހާލަތުގައި ދެ މަސް ދުވަސް ތެރޭ އިންތިހާބު ބާއްވާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށެވެ.

  1. ނާޅި

    21 ވަނަ ޤަރުނުގައި ތުޔަފަދަ ވާހަކަ ދެއްކީމާ ވަރަށްހުތުރުކަން ބޮޑު ތިޔައީ 1932 ގެ ކުރިންވެސް އޮތްނިޒާމްގެ ވާހަކަ މިހާރު ތިކިޔަނީ އެނިޒާމް ކަމުނުގޮސްގެން ނުންތަ ރިޔާސީ ޖުމުހޫރީ ކޮމަންވެލްތު ނިޒާމް ގެނައީ، ތިޔަގޮތަށް ހަދައިގެން ރާއްޖޭގެ ކުދި އާބާދީ ދުވަހަކުވެސް ތަރައްޤީއެއްނުވާނެ އެތާކުން މާބޮޑު އެއްޗެއް ނުވެސްލިބޭ، ވީއަރު ރާއްޖޭގެ މުއްސަދިކަން ހަމަހަމަކޮށް އެންމެނަށް ނުލިބޭގޮތަށް ހެދުމަށްވުރެން މުއްސަދިކަން ހަމަޔަށް ބެހިހެންދާގޮތަށް އޮތުން ރަގަޅީ !

  2. އަބްދޫ

    ލާމަރުކަޒީ ކިޔަކަސް 300 އާބާދީ އަކަށް ޔޮޔަ ކިޔާ މުއްސަނދިކަމެއްނާންނާނެ. ޖަޒީރާ ރާއްޖެ ކިޔާފަ ފަންޖިފުޓިތަކުގަ މީހުން ޖަޒީރާ ވެގެން މިއަދަކު ނުތިބޭނެ، އެމިހުންވެސް ބޭނުންވޭ ދުނިޔެތެރޭނެ ތިވި ތަކުންމިފެންނަ މުއްސަނދިކަން ހޯދަން. އެމުއްސަނދިކަން ލިބޭނީ އެމިހަކު ވަޒަންވެރިވެ ހުންނަ ރަށުގާހުރެގެން ތސއުލީމައި ސިއްހަތާއި އުމްރާނީ ދުނިޔޭގަ އެހެން މީހުންއުޅޭފެންވަރުގަ ލިބުން. ތިޔަކިޔާލާމަރުކަޒިއަކުންއެމަގު ހާސިލްވެދާނެތަ؟