Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ކުއްލި މަރުތައް ގިނަވުމާ ގުޅިގެން ޢަލީގެ މެސެޖެއް ޒުވާނުންނަށް

ކުއްލި މަރުތައް ގިނަވުމާ ގުޅިގެން ޢަލީގެ މެސެޖެއް ޒުވާނުންނަށް

މަރަކީ އަހަރެމެން ބޭނުންވާ އިރަކު އަހަރެމެންނާ ބައްދަލުކުރާ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ޖަމްޢިއްޔަތުއްސަލަފްގެ އޮޕަރޭޝަން މެނޭޖަރު ޢަލީ ރަމީޒު ޒުވާނުންނަށް މެސެޖެއް ދެއްވައިފިއެވެ.

ޢަލީ ރަމީޒު މިއަދު ވިދާޅުވީ ޒުވާން ޢުމުރުގައި ކުއްލިއަކަށް މަރުވެގެން ދިއުމަކީ ހަމަ އެންމެންނަށް ވެސް ކުއްލި ހައިރާންކަމެއް ގެނުވާނެ ކަމެއް ކަމަށެވެ. ނަމަވެސް މަރަކީ އަހަރެމެން ބޭނުންވާ އިރަކު އަހަރެމެންނާ ބައްދަލުކުރާ އެއްޗެއް ނޫންކަމަށް ޢަލީ ރަމީޒް ވިދާޅުވިއެވެ.

''ނަމަވެސް ޒުވާނުންނޭވެ! މަރަކީ އަހަރެމެން ބޭނުންވާ އިރަކު އަހަރެމެންނާ ބައްދަލުކުރާ އެއްޗެއް ނޫނެވެ. ބުއްދިވެރިޔަކީ ހަމަ ކޮންނެ ވަގުތަކު ވެސް މަރު ބައްދަލުކޮށްފާނެކަމަށް ގަބޫލުކޮށް އެ ގޮތުގައި ހަޔާތް ވޭތުކުރާ މީހާއެވެ.''

Advertisement
HDC — Sidebar (box)

ޢަލީ ރަމީޒު މިފަދަ މެސެޖެއް ދެއްވާފައިވާއިރު, ރޭގެ ވަގުތެއްގައި ދެ ޒުވާނަކު ވަނީ ކުއްލި ގޮތަކަށް ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް