ޚަބަރު ޝަރުޢީ ދާއިރާ

ނާޒިމަށް ޙުކުމް ކުރުން މާދަމާ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް އިޢުތިރާފުވެފައިވާ ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރަށް ޙުކުމް ކުރުމުގެ އަޑުއެހުން މާދަމާ ބާއްވާ ގޮތަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

Ads by MWSC

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ މާދަމާ އޮންނާނީ ނާޒިމަށް ޙުކުމްކުރުމުގެ އަޑުއެހުން ކަމަށެވެ. އެ އަޑުއެހުން އޮންނާނީ 16:30 ގައެވެ.

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާއަށް ނާޒިމް ވަނީ އިޢުތިރާފުވެފައެވެ.

ފުރަތަމަ އަޑުއެހުމަށްފަހު ނާޒިމް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ ދަޢުވާއަށް އިޢުތިރާފުވެފައިވާ ކަމަށާއި, އިޢުތިރާފުވި ނަމަވެސް, ލިވާތުކުރުމަށް އޭނާ އިންކާރު ކުރައްވާ ކަމަށެވެ. އަދި އޭނާ އިޢުތިރާފުވީ ބަދުއަޚްލާޤީ އަމަލު ހިންގިކަމައް ކަމަށެވެ.

ނާޒިމް ވިދާޅުވި ގޮތުގައި އިސްލާމީ ޝަރީޢަތުގައި ލިވާތުކުރުމަކީ ފިރިހެނަކު އޭނާގެ ޖިންސީ ގުނަވަން އެހެން ފިރިހެނެއްގެ ފުރަގަސްފަރާތަށް ވެއްދުމެވެ. ނާޒިމް ވިދާޅުވީ އޭނާގެ މައްޗަށް ކުރި ދަޢުވާގައި ލިވާތުކުރިކަމަށް ބަޔާންކޮށްފައެއް ނުވާ ކަމަށާއި, އޭގައި ވަނީ އަލަމްގީރާއެކު ޖިންސީ އެހެން ގުޅުންތައް ހިންގިކަމުގެ ވާހަކަ ކަމަށެވެ.

Ads by HDC
  1. ސަންފަ

    ޢޭނާއަށް އަންނާނީ ހާހެއްހާ ރުފިޔާގެ ޖުރްމަނާއެއް.