މި އަހަރުގައި ކުޑަގިރި ހުޅުވޭނެކަމުގެ އުންމީދު ވަރަށް ބޮޑު: ސަރުކާރު

ކ.ކުޑަގިރި ފަޅުގައި ތަރައްޤީކުރަމުންދާ ޕިކްނިކް އައިލެންޑް މި އަހަރުތެރޭގައި ހުޅުވާނެކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ މި އަހަރުގެ ތެރޭގައި ކުޑަގިރި ހުޅުވޭނެކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށެވެ.
މިއުވާން ވިދާޅުވީ ކުޑަގިރި ތަރައްޤީކުރުމުގެ މަސައްކަތް ހިނގަމުންދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި, އެ މަނިކުފާނުގެ ނައިބު ފައިޞަލް ނަސީމް ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށެވެ.
ސަރުކާރުން ކުރިން ނިންމާފައި އޮތީ މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅުވައިގެން އެ ރަށް ހުޅުވުމަށެވެ.
ކުޑަގިރީގައި ޕިކްނިކް އައިލެންޑް ތަރައްޤީކުރުމަށްޓަކައި ބިން ހިއްކާފައިވަނީ އެމްޓީސީސީ ގެ ފަރާތުންނެވެ. އެ ރަށް ތަރައްޤީކުރުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމު ކުރަމުން ގެންދަނީ ސަރުކާރު ހިއްސާވާ ފަސް ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުންނެވެ.
ތިޔަ ގިރި ހުޅުވަން ނާޒިމް ސައްތާރު ފޮނުއްވާ.
ކުޑަ ގިރި ހުޅުވަން ޖެހެނީ އަލަމް ގިރި ލައްވާ.