ނަސީރު އެއްޖިންސުން ގުޅުުން ހިންގި މައްސަލަ ކޯޓުން ބަލައި ނުގަތް

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި ކުރީގެ ނޫސްވެރިޔާ ޢަބްދުﷲ ނަސީރު އިބްރާހީމްގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައި ނުގަނެ ފޮނުވާލައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅުމުން ކޯޓުން އެމައްސަލަ ބަލައި ނުގަނެ އަނބުރާ ފޮނުވާލައިފައި ވަނީ ދައުވާގައި އަސާސީ ކަންތައްތަކެއް ފުރިހަމަ ނުވާތީ ކަމަށް ބުނެއެވެ.
ޕީޖީ އޮފީހުން މިހާރު ވަނީ ކްރިމިނަލް ކޯޓުގެ ރަޖިސްޓްރާގެ ނިންމުން ރިވިއުކުރަން ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހަށް ހުށަހަޅައިފައެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ގޮތުގައި އެ މައްސަލަ ރިވިއު ކުރުމަށް ޕީޖީން ހުށަހެޅީ ގާނޫނުގައި އެކަމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވި ފަހުންނެވެ. އެހެންކަމުން އެމައްސަލަ ދެން ބަލައި ގަންނާނެ ކަމަކަށް ނުބެލެވެއެވެ.