Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފުޓްބޯޅަ ލެޖެންޑް ޓެރީ އާއެކު ތުލުސްދޫގައި ޚާއްސަ ހަރަކާތެއް

ފުޓްބޯޅަ ލެޖެންޑް ޓެރީ އާއެކު ތުލުސްދޫގައި ޚާއްސަ ހަރަކާތެއް

ޗެލްސީގެ ފުޓްބޯޅަ ލެޖެންޑް ޖޯން ޓެރީ އާއެކު ކ. ތުލުސްދޫގައި ޚާއްސަ ހަރަކާތެއް ކުރިއަށްގެންގޮސްފިއެވެ.

ޗެލްސީގެ އެންމެ ކާމިޔާބު ކެޕްޓަނުގެ ގޮތުގައި ފާހަގަކޮށްލެވޭ އިންގްލަނޑުގެ ކުރީގެ ޑިފެންޑަރު ޓެރީ އަންނަނީ އޭނާގެ އާއިލާއާއެކު ކުޑަ ވިލިނގިލި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންނެވެ. އެއާއެކު ކުޑަ ވިލިނގިލި ރިސޯޓުގެ މެނޭޖުމަންޓާއި ތުލުސްދޫ ކައުންސިލް ގުޅިގެން އާދީއްތަ ދުވަހުގެ ހަވީރު ވަނީ ތުލުސްދޫގައި ޚާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.

ތުލުސްދޫއިން ޓެރީއަށް ހޫނު މަރުހަބާއެއް ކީއިރު، މި ހަރަކާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement
Ooredoo — Square (box)

މި ހަރަކާތުގެ ތެރެއިން ތުލުސްދޫ ފުޓްސަލް ދަނޑުގައި ވަނީ ޚާއްސަ މެޗެއް ކުޅެފައެވެ. އެ މެޗުގައި ބައްދަލުކުރީ ތުލުސްދޫ ޓީމާއި ކުޑަ ވިލިނގިލި ރިސޯޓުގެ ފުޓްސަލް ޓީމެވެ. މި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ކުޑަ ވިލިނގިލި ރިސޯޓުގެ ޓީމުންނެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވީ މެޗުގެ ޝަރަފުވެރި މެހުމާނު ޓެރީއެވެ. އެގޮތުން މެޗުގެ މޮޅު ކުޅުންތެރިއަކަށް ޓެރީ ހޮވާފައިވަނީ މެޗުގައި ކުޑަ ވިލިނގިލި ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދިން މުޙައްމަދު ނަބީލެވެ. އަދި އޭނާއަށް ޓެރީ ވަނީ ޗެލްސީގެ ޖާޒީއެއް ހަދިޔާކޮށްފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް