Thursday, 29 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން ދެމަފިރިން ދޫކޮށްލައިފި

ބޮމެއް އޮތްކަމަށް ބުނެ އިންޒާރުދިން ދެމަފިރިން ދޫކޮށްލައިފި

އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ގޮސް, ބޮމެއް އޮތްކަމަށް ބުނުމުން ހައްޔަރުކުރި ދެމަފިރިން ދޫކޮށްލައިފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި އެ މައްސަލައިގައި އިއްޔެ ހައްޔަރުކުރީ ޢުމުރުން 58 އަހަރުގެ ފިރިހެނަކާއި 61 އަހަރުގެ އަންހެނެކެވެ. އެ ދެ މީހުންނަކީ ވެސް ދިވެހިންނެވެ.

ބޮމެއް އޮތްކަމަށް ބުނުމުން އެއާޕޯޓް ކުއްލި ހާލަތަށް ގެނެސް އެ މީހުން ގެނައި ތަކެތި ބަލައި ފާސްކުރިއިރު އެފަދަ އެއްޗެއް ފެނިފައެއް ނުވެއެވެ.

Advertisement
HDC — Sidebar (box)

ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. ބަންދުން ދޫކޮށްލި ނަމަވެސް މައްސަލަ ތަޙްޤީޤް ކުރަމުންދާކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް