ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފި
ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިން ހިންގާ އޮޕަރޭޝަނެއް ކަމަށާއި އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުނ

ގދ. ތިނަދޫ ސިޓީގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހާއްސަ އޮޕަރޭޝަނެއް ދިވެހި ފުލުހުންގެ ހިދުމަތުން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން ބުނީ މިއީ ކައުންޓަރ ނާކޮޓިކްސް އިން ހިންގާ އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި އޮޕަރޭޝަނާ ގުޅޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި މަހުގެ ތެރޭގައި މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ވިއްކާ ބޮޑު ނެޓްވޯކެއް ވަނީ އަތުލައިގެންފައެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަށް ހަރުކަށި ފިޔަވަޅު އެޅުމުގެ ގޮތުން ޤާނޫނަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ޤާނޫނު ވަނީ އިސްލާހުކޮށްފައެވެ.





ކޮމެންޓް