ޚަބަރު ސަރުކާރު

އިންޑިއާއިން ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ލޯނެއްދީފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަށް ދިނުމަށް ނިންމާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއިކުރުން.

އިންޑިއާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކަށް ދިނުމަށް ނިންމާފައިވާ 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

Ads by MWSC

ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ އެގްޒިމް ބޭންކުގެ ފަރާތުން އެ ބޭންކުގެ ޖެނެރަލް މެނޭޖަރު ނިރްމިތު ވޭދުއެވެ.

މި ލޯނު އެހީ ދިނުމަށް ނިންމާފައިވާކަން އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއުލާނުކުރެއްވީ މިދިޔަ އޮގަސްޓު ދެވަނަ ދުވަހުއެވެ. އެއީ އޭނާގެ ދަޢުވަތަކަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދެ ބޭފުޅުން ބޭއްވެވި މަޝްވަރާތަކުގައެވެ.

އިތުރު 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓާއެކު އިންޑިއާއިން މި ސަރުކާރުގައި ރާއްޖެއަށް ދިން ލައިން އޮފް ކްރެޑިޓުގެ ޖުމްލަ އަދަދު ވަނީ 900 މިލިއަން ޑޮލަރަށް އަރައިފައެވެ.

  1. ކާލި

    ކަންނަތްނޫރު ރާޖާގެ އެހީ އަބަދުވެސް ރާއްޖެއަށް ލިބޭ !