ކުޅުދުށްފުށީގެ ހުކުރު މިސްކިތަށް ގެއްލުންދީފި

ކުޅުދުށްފުށި ސިޓީގެ ހުކުރު މިސްކިތަށް ބަޔަކު ގެއްލުންދީފިއެވެ.
ކުޅުދުށްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާޠިފް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ސިޓީގެ ހުކުރު މިސްކިތުގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިސްކިތަށް ބަޔަކު ގެއްލުންދީފައިވާ ކަމަށެވެ.
އާޠިފް ވިދާޅުވީ މަސްޖިދުލް ޙަޟާރާތުގެ ތަޅުމުގައި ސިމެންތި އޮލަލައި ނުހިކި ހުއްޓައި ތަޅުން މައްޗަށް ފެންހޮޅިއެއް ދޫކޮށްލައި ތަޅުން މަތީގައި އެކި އެއްޗެހި ލިޔެ ވަރަށް ބޮޑަށް ތަޅުންގަނޑު ހަލާކުކޮށްލާފައިވާ ކަމަށެވެ.
އާޠިފް ވަނީ މިފަދަ ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް މާލީ ގޮތުންނާއި ބޮޑެތި ގެއްލުންވެ ރަށުގެ ތަރައްޤީއަށް ހުރަސް އެޅެމުންދާކަން ވެސް ފާހަގަކުރައްވައިފައެވެ.
ޑިމޮކްރަސީގެ ރާބޮއެފި މީހާގެ ޙާލަތު ތިކަމުން ސާފުވޭ. މިސްކިތުގެ މާތްކަމާއި ކުރެވިފައިވާ ޢަމަލުގެ ނުބައިކަން އެފަދަ މީހާއަކަށް ނުވިސްނޭނެ. މިއީ މިއަދު ވިސްނާލުންހުރި ކަމެއް.