Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ސިޔާސަތުތައް ބައްޓަންވެފައި އޮތީ މުސްތަގުބަލަށް ވަރަށް ބޮޑަށް ހިޔަނި އެޅޭ ގޮތަށް: މުންދު

ސިޔާސަތުތައް ބައްޓަންވެފައި އޮތީ މުސްތަގުބަލަށް ވަރަށް ބޮޑަށް ހިޔަނި އެޅޭ ގޮތަށް: މުންދު

ރާއްޖޭގެ ސިޔާސަތުތައް ބައްޓަންވެފައި މިއަދު އޮތީ މުސްތަގުބަލަށް ވަރަށް ބޮޑަށް ހިޔަނި އެޅޭ ގޮތަކަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ދިވެހި ޗެނަލްގެ ''ހަވާސާާ'' ޕްރޮގްރާމުގައި މުންދު ވިދާޅުވީ މިހާރު ސިޔާސަތުތައް އޮތް ގޮތުން ރާއްޖެއާ ވައިއެޅޭކަށް އެއްވެސް ޤައުމަކުން ބޭނުމެއް ނުވާނެ ކަމަށެވެ.

''އެ މީހުންނަށް އެނގޭނެ ހަމަހަމަ ގޮތަކަށް ގުނިގެންނެއް ރާއްޖޭގަ މަސައްކަތެއް ކުރަން ނުވަތަ ޕްރޮޖެކްޓެއް ނެތް. އެ މީހުންނަކަށް އޭގެ ރީތި ނަމެއް ވެސް ނުލިބޭނެކަން. އެއީ އިންޑިއާގެ ކޮންމެވެސް ކުންފުންޏަކަށް އޭގެ ނުފޫޒުގެ ބޭނުންކޮށްގެން އެ ޕްރޮޖެކްޓު ނަގާނެ. އެހެންވީމަ އަޅުގަނޑުމެންގެ ރާއްޖޭގެ މިނިވަންކަމާ ސިޔާދަތަށް ވެސް އެބަ ހުރަސްއެޅޭ. އަދި މުސްތަގުބަލަށް ވެސް އެބަ ހުރަސްއެޅޭ އެއް ގޮތަށްވުރެ ގިނަ ގޮތަށް.'' އިންޑިއާގެ ނުފޫޒު އޮތް މިންވަރުގެ މައްޗަށް ވާހަކަ ދައްކަވަމުން މުންދު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

މުންދު ވިދާޅުވީ މިއަދު ކަންތައްތައް ދާ ގޮތުން ނުވަތަ ޤައުމު ދީލައިލާފައި މި އޮތް ގޮތުން, މި ވަގުތު އެކަން ހުއްޓުމަކަށް ނުގެނެސްފިއްޔާ މާދަމާ ޤައުމު އޮންނާނީ އަތުޖެހޭ ވަރަށްވުރެ ދުރަށް ގޮސްފައި ކަމަށެވެ. އަދި މިއަދު މި އޮތް ސަރުކާރަކީ ސީދާ އިންޑިއާގެ ފައިނޭންސާއި, ނުފޫޒާއި, ތަމްރީނާއި, އެހީތެރިކަމާއި, އެއްބާރުލުމާ އެއްކޮށް އައި ސަރުކާރެއް ކަމަށް ތުހުމަތު ކުރައްވައި މުންދު ވަނީ, މި ސަރުކާރަށް އިންޑިއާއާމެދު ފިޔަވަޅެއް އަޅާކަށް ނުކެރޭނެކަމަށް ވެސް ވިދާޅުވެފައެވެ.

މުންދު ވިދާޅުވީ ''އިބޫ ސޯލިހަކީ'' ޙަޤީޤަތުގައި ވެސް ރާއްޖޭގެ ރައީސް ނޫންކަން އެނގޭ ބައިވަރު މިސާލުތައް ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ފެނިފައިވާ ކަމަށާއި, އޭނާއަކީ ''މިތާ ބައިންދާފަ އިންނަ ޕަޕެޓެއްކަން ސާބިތުވާ ވަރަށް ބައިވަރު ކަންތައްތައް އެބަހުރި'' ކަމަށެވެ.

މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ކަންބޮޑުވާ އެތައް ކަމެއް ހިނގައިފި ކަމަށާއި, ޔޯގާ މައްސަލައިގައި ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލަށް ޓެރަރިޒަމް ދަޢުވާ އުފުލީ, އެ ހަރަކާތުގައި އިންޑިއާ މީހުން ތިބުމުން ކަމަށާއި އެއީ އިންޑިއާ މީހުންގެ ކަމަކަށްވީމަ ކަމަށް ވެސް މުންދު ވިދާޅުވިއެވެ. އަދި އެކަން އިންޑިއާއަށް އަންގަންވެގެން, ދަޢުވާކުރާ ވާހަކަ އޮތް ބަޔާން ނެރުނީ ވެސް އިނގިރޭސި ބަހުން ކަމަށާއި ނަމަވެސް ޕީޖީގެ ހަޔާތުގައި ވެސް އިނގިރޭސި ބަހުން ބަޔާނެއް ނެރެފައެއްނުވާ ކަމަށް ވެސް މުންދު ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް