Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
އިޖުތިމާޢީ

ނާޒިމް ސައްތާރުގެ މައްޗަށް ލިވާޠު ކުރުމުގެ ދައުވާ އުފުލަންޖެހޭ: ޞިއްދީޤް

ނާޒިމް ސައްތާރުގެ މައްޗަށް ލިވާޠު ކުރުމުގެ ދައުވާ އުފުލަންޖެހޭ: ޞިއްދީޤް

ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ޢިއުތިރާފުވި ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރުގެ ލިވާޠު ކުރުމުގެ ދައުވާ އުފުލަންޖެހޭކަމަށް ޤާނޫނީ ވަކީލު އަޙްމަދު ޞިއްދީޤް ވިދާޅުވެއްޖެއެވެ.

ނާޒިމް ސައްތާރުގެ މައްޗަށް ލިވާޠު ކުރުމުގެ ދައުވާ އުފުލުމަކީ ކުރަންޖެހޭ ކަމެއްކަން ފާހަގަކުރައްވައި ޞިއްދީޤް ވިދާޅުވީ އެ ދަޢުވާ ނުކުރައްވައި, އެއްޖިންސުން ގުޅުން ހިންގުމުގެ ދަޢުވާ ކުރުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް ވަނީ މަޤާމުގެ ނުފޫޒުގެ ބޭނުންކުރައްވައި ވަކި މީހަކަށް މަންފާ ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާފައި ކަމަށެވެ.

''އެ މައްސަލަ ވެސް ބަލަން ޖެހޭ'' ޞިއްދީޤް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

ފާާހިޝް ކަންކަން ޢާންމުވެފައިވާ މި ދައުރުގައި ކުއްލިއަކަށް މުޅި ރާއްޖެ ސިއްސުވައިލި މަޝްހޫރު ''އަލަމްގިރި'' އާ އެއްކޮށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް އިޢުތިރާފުވުމުން ނާޒިމަށް އިއްވީ 03 މަހާއި 26 ދުވަހަށް ގޭބަންދު ކުރުމުގެ ޙުކުމެކެވެ. ނަމަވެސް މި ޤައުމުގައި އޮތް ''ސަދޫމް އިންސާފަށް'' ފާޑުކިޔުންތައް އަމާޒުވުމާއެކު ޕީޖީން މިހާރު ވަނީ އެ ޙުކުމް އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހަޅައިފަައެވެ. އެ މައްސަލަ ބަލައިގަތުމާމެދު އަދި ގޮތެއް ނުނިންމައެވެ.

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް