ޚަބަރު

އަދީބުގެ ގައުމީ ހިދުމަތްތައް ޔާމީނަށް ތާރީޚުން ފޮހެނުލެވޭނެ: އެމްޓީޑީ

ރައުފާ ރަޝީދު ، ދެން އޮންލައިން

އަދީބުގެ ގައުމީ ހިދުމަތްތައް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާރީޚުން ފޮހެނުލެވޭނެ ކަމަށް މޯލްޑިވްސް ތަރޑްވޭ ޑިމޮކްރެޓްސް(އެމްޓީޑީ)އިން ބުނެފިއެވެ.

Ads by Sosun Fihaara

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް ފަންސާސް އަހަރު ފުރުމުގެ މުނާސަބާއާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ގެ ކޯޑްއެފް ރަންވޭ ހުޅުވުމާއި ގުޅޭގޮތުން ޕީޕީއެމް ގެ ރައީސް ޔާމީނާއި ކަމުގެ މަޢުލޫމާތު ނެތް އެހެން ބައެއް ފަރާތްތަކުން، ދިވެހި ތާރީޚަށް ޚިޔާނާތްތެރިވެ، ދިވެހިންގެ ކައިރި މާޒީގެ ތާރީޚާއި ކުރެވިފައިވާ މަސައްކަތްތަކުގެ ޙަޤީޤަތް އޮޅުވާލުމަށް ކުރަމުން ގެންދާ އެންމެހައި މުޑުދާރު އަމަލުތައް ކުށްވެރިކުރާ ކަމަށެވެ. 

އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނުވަތަ "ދިވެހީންގެ އެއަރޕޯޓް" އަނބުރާ ހޯދީ 2012ގައި ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ކަމަށާއި އެދުވަސްވަރު، އެމްޓީޑީގެ ރައީސް އަދި ދިވެހި ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޓުއަރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައި، އެމްއޭސީއެލްގެ އިސްވެރިންނާއެކު މަޝްވަރާކުރައްވަވައި ވާދަވެރި ޒަމާނާއެއްހަމައެއްގައި އެއަރޕޯޓް ތަރައްޤީ ކުރުމުގެ ޕްލޭން އެކުލަވާލައި، ސްކޮޓްވިލްސަން މާސްޓަރ ޕްލޭނެއްގެ ދަށުން ދެވަނަ ރަންވޭ އެޅުމަށް ނިންމީ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައި އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ސްކޮޓްވިލްސަން މާސްޓަރޕްލޭން އަށްއިންފްރާޓާ ގެ ކޮންސަލްޓަންސީގެ ދަށުން ބަދަލުތައް ގެނެސް އިތުރު ފުރިހަމަކަން ގެނައުމަށާއި ކޮންސަލްޓަންސީ ހޯދުމުގެ ގޮތުން އަޙްމަދު އަދީބުގެ މޭސްތިރިކަމުގެ ދަށުގައި ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއަށް އައުމަށް ދަޢުވަތު ދެވުނު ކަމަށާއި މި ދަޢުވަތާ އެއްގޮތަށް ސިންގަޕޫރުގެ ޗަންގީ އެއަރޕޯޓްސް ރާއްޖެއައިސްއެމްއޭސީއެލް އާއި އެކީގައި މަސައްކަތްކޮށް މާސްޓަރޕްލޭން ފުރިހަމަކުރެވިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ޗައިނާގެ ބީޔޫސީޖީއަށް ދަޢުވަތު ދީގެން ރާއްޖެ ގެނައުމާއި، އެއަރޕޯޓްގެ ދެވަނަ ރަންވޭއާއި، ފިއުލްފާރމާއި، އެއަރކާގޯ ޓާރމިނަލް އާއި ސީޕްލޭން ޓާރމިނަލްވެސް ފަހުން އެފަރާތާ ހަވާލުކޮށް ޗައިނާގެ އެގްޒިމްބޭންކް އިން ފެސިލިޓީ ހޯދައި، ދިވެހި ގައުމުގެ މުސްތަޤުބަލުގެ ޙައްޤުގައި ކުރެއްވި ޤައުމީ ބަޠަލަކީ އަދި އާރުކާޓީއަކީ އެމްޓީޑީގެ ރައީސް އަޙްމަދު އަދީބު ކަމަށެވެ. 

“އެދުވަސްވަރު ރައީސް ޔާމީން ގިނަގިނައިން އުޅުއްވީ ސިންގައްޕޫރުގައި އެސްޓީޑީ އަށް ފަރުވާ ކުރުމަށާ އާރަށުގައި ތާސްކުޅުއްވުމުގައާއި، ކަރުތާފެނަށް މޫދަށްއެރި އެކި ކުޅިވަރުކުޅުއްވަން” ކަމަށް ބަޔާނުގައި ބުނެފައިވެއެެވެ.

އެ ބަޔާނުގައިވާ ގޮތުން ބްރިޖުގެ މަސައްކަތާއި ހުޅުމާލެ ފޭސް 2 ގެ މަސައްކަތަކީ އަދީބުގެ އިސްނެންގެވުމާއި ބެއްލެވުމުގެ ދަށުން ޕްލޭންކޮށް، ފަންޑް ހޯދާ އެގްރީމަންޓް ކުރެވިފައިވާ މަޝްރޫޢުތަކެވެ. އަދި އަދީބުގެ ޚިދުމަތް ފަނޑުކޮށް، ފުހެލުމަށް ރައީސް ޔާމީން މަސައްކަތެއްކުރެއްވިނަމަވެސް އަދީބުގެ ޤައުމީ ޚިދުމަތްތަކަކީ ދިވެހި އުނޑުދަށުން ފިލާދާނެ ޚިދުމަތްތަކެއް ނޫން ކަމަށާއި ރައީސް ޔާމީން ސިންގައްޕޫރުން ޖީއެމްއާރު ބޭފުޅުންނާ ކެމްޕޭނަށް ފައިސާ ހޯދަން ބައްދަލު ކުރިކަން ވެސް އެނގިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

Ads by Allied Insurance
  1. މި ޤައުމަކީ 5 ވަރަކަށް ވަގުން ހިންގާ ޤައުމެއް، 60 އަހަރުވެއްޖެ އެމީހުން މިއެއާރޕޯޓް މޯގޭޖް ކޮށްގެން ލޯނު ނަގައިގެން އެމީހުން މުއްސަދިވާތާ، އެއާރޕޯޓް ނުހެދި މިއޮތީވެސް އެހެންވެ، މިއަދު އަވައްޓެރި ގިނަ ޤައުމުގެ އެއާރޕޯޓް އެވަނީ ހަދާފައި ރަގަޅުފެންވަރުގައި !

  2. ޑިމޮކްރަސީ

    ލައްކަ ގިނަ ޚިދްމަތްކޮށްފި ބޭތަލްމާލު ދަވާލީ ކޮޅުދޮށިން