ލައިފްސްޓައިލް

މާ ގިނައިން ނިދުމަކީ އުމުރު ކުރުވާ ކަމެއް: ދިރާސާ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަށް ގަޑި އިރަށް ވުރެ ގިނަ އިރު ވަންދެން ނިދުމަކީ ތިމާގެ އުމުރު ކުރުވާ ކަމެއް ކަމަށް ސައިންސްވެރިންގެ ފަހުގެ ދިރާސާ އަކުން ދައްކައިފިއެވެ.

Ads by MWSC

އަށް ގަޑިއިރަށް ވުރެން ގިނަ އިރުވަންދެން ނިދުމަކީ ތިމާގެ އަމިއްލަ ނަފުސު ނުރައްކަލެއްގެ ތެރެއަށް ލުން ފަދަ ކަމެއް ކަމަށް ވެސް ސައިންސް ވެރިން ވަނީ ހާމަ ކޮށްފައެވެ. އަދި ހަމައެހެންމެ، 10 ގަޑި އިރަށް ވުރެން ގިނަ އިރުވަންދެން ނިދުމަކީ ތިމާ ޒުވާން އުމުރުގައި މަރުވުމުގެ ފުރުސަތު 30 އިންސައްތަ އިތުރު ވާ ކަމެއް ކަމަށް ވެސް މިދިރާސާގައި ބުނެފައިވެއެވެ.

އަށް ގަޑިއިރަށް ވުރެ ގިނައިރު ވަންދެން ނިދުމަކީ ހިތުގެ މައްސަލަތައް ގިނަވެ ހާޓް އެޓޭކް ޖެހުމަށް މަގުފަހިވާ ކަމެއް ކަމަށާއި މީގެ ސަބަބުން އެތައް ބައެއްގެ ފުރާނަ މިހާރު ވެސް ގޮސްފައިވާ ކަމަށް ސައިންސްވެރިން ވަނީ ހާމަކޮށްދީފައެވެ. ހަމައެއާ އެކު އަށް ގަޑިއިރަށް ވުރެ ގިނައިން ނިދުމަކީ ނަފްސާނީ މައްސަލަތައް ވެސް ކުރިމަތިވާ ކަމެއް ކަމަށާއި ރަނގަޅު ސިއްޙަތެއްގައި ހުރުމަށް ޓަކައި ބަރާބަރު އަށް ގަޑިއިރުގެ ނިންޖަކީ ވަރަށް މުހިންމު ކަމެއްކަން ވެސް މި ދިރާސާއިން ވަނީ ހާމަވެފައެވެ،

ކޮންމެ ކަމެއްގައި ވެސް ހައްދެއްވާ ފަދައިން ނިދުމަށް ވެސް ހައްދެއް ވެއެވެ. އެގޮތުން ކަމާ ބެހޭ މާހިރުން ވިދާޅުވާގޮތުގައި އެންމެ ގިނައިން ނިދުން އެކަށީގެން ވަނީ އަށްގަޑިއިރުއެވެ. އަދި ތިމާގެ ނިދާ މިންވަރު ވަކި ވަރެއްގައި ބެހެއްޓިއްޖެ މީހެއްގެ ސިފަ ވެސް ރީތިވެ އުޖާލާވާ ކަމަށް ވެސް ސައިންސްވެރިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން 8 ގަޑިއިރުގެ ނިންޖަކީ ކިހާ މުހިންމު އެއްޗެއްކަން މީގެން ވެސް ދޭހަވެއެވެ.

މިއަދު އަޅުގަނޑުމެންގެ މުޖުތަމައުއިން ފެންނަމުން ދަނީ މި މަންޒަރެވެ. ރޭގަނޑު ހޭލާ އުޅުމަށް ފަހު ދުވާލު އެއްކޮށް ނިދުމުގައި ހޭދަކުރާ މަންޒަރެވެ. މީގެ ސަބަބުން އަޅުގަނޑުމެންނަށް ފާހަގަ ނުވިޔަސް ޙަޤީޤަތުގައި ހާދަ ބޮޑު ގެއްލުމެއް ތިމާގެ ނަފްސަށް ،ނަފްސާނީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް ކުރިމަތިވެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!