Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މުފްތީ މެންކުގެ ދަރުހާ ދިމާވާތީ ޔޮހާނީގެ މިއުޒިކް ޝޯ ފަސްކޮށްފި

މުފްތީ މެންކުގެ ދަރުހާ ދިމާވާތީ ޔޮހާނީގެ މިއުޒިކް ޝޯ ފަސްކޮށްފި

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖޭގައި ބާއްވާ ދަރުހާއި ބައިސްކޯފުން އިންތިޒާމުކޮށްގެން ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާއާއެކު އެދުވަހު ބާއްވަން ނިންމާފައި އޮތް ”ޗަނާޗާ 2022“ ޝޯ ފަސްކޮށްފިއެވެ.

ބައިސްކޯފްއިން ބުނީ، އެ ޝޯ އަށް ތައްޔާރުވަމުން އަންނަތާ މަސްތަކެއް ވެފައިވާ ކަމަށާއި، ނަމަވެސް ހަމައެދުވަހު ބޮޑު އެެއްވުމެއް އޮތްކަން އެ ޓީމުގެ ސަމާލުކަމަށް އައިސްފައިވުމުން، ޗަނާޗާ ޝޯ އެެއް ދުވަސް ލަސްކޮށްލުމަށް ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މިހާރު ޝޯ ބާއްވަން ނިންމާފައިވަނީ މި މަހުގެ 29 ވާ ހޮނިހިރު ދުވަހު، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ އެ ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

Advertisement
Allied — Dhen Online (box)

މުފްތީ މެންކްގެ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. މެންކްގެ ދަރުސް އޮތީ އެ ރޭ މާލޭ އަލިމަސް ކާނިވަލްގައެވެ.

މީގެ އިތުރުން 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި މުފްތީ މެންކްގެ ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް