Saturday, 7 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އިހަވަންދުއަށް ރައީސް ޔާމީންގެ 04 ވަޢުދެއް

އިހަވަންދުއަށް ރައީސް ޔާމީންގެ 04 ވަޢުދެއް

ދެން ވެރިކަން ލިބިވަޑައިގެންފިނަމަ, ހއ.އިހަވަންދުއަށް ކޮށްދެއްވާނެ ބައެއް ކަންކަން ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިއުލާނު ކުރައްވައިފިއެވެ.

އިހަވަންދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ޕީޕީއެމްގެ ސަރުކާރަކުން އެންމެ ފުރަތަމަ އައިސްޕްލާންޓް އަޅައި, ތެޔޮ ލިބޭނެ ގޮތް ހަދާކަމަށްވަންޏާ އެ ރަށަކަށް ވާނީ އިހަވަންދޫ ކަމަށެވެ.

''އިހަވަންދޫގެ މަސްވެރިންނަށް އިހަވަންދޫން ޑީސަލް ލިބޭނެ ގޮތް އަޅުގަނޑުމެންގެ ސަރުކާރަކުން ހަދާނަން. އަދި ހަމަ އެ ގޮތަށް އިހަވަންދޫގެ މަސްވެރިންނަށް އައިސް ލިބޭނީ ހަމަ އިހަވަންދޫން. އިހަވަންދޫގެ މަސްވެރިން ނުޖެހޭނެ ފެލިވަރަކަށް ދާކަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިކަން ކުރާނަން.''

Advertisement
Allied — Dhen Online (box)

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ބަނދަރާ ގުޅިގެން މަސްވެރިންގެ ފަރާތުން ޝަކުވާ އައި ކަމަށާއި, ބަނދަރު ބޮޑުކޮށް މަސްވެރިން ފާހަގަކުރި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި މަގު ހެދުމުގެ މަޝްރޫޢުގައި އެންމެ އިސްކޮށް ނަގާ ފަސް ރަށުގެ ތެރޭގައި އިހަވަންދޫ ހިމަނުއްވާނެކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ވަޢުދުތައް ވެވަޑައިގަންނަވަނީ ކޮންމެހެން ވޯޓު ބޭނުންވެވަޑައިގަންނަވާތީ ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް