ޚަބަރު ސިޔާސީ

އަންނަ މަހުގައި ރައީސް ޔާމީން ދެކުނުގެ ބައެއް އަތޮޅުތަކަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަންނަ ނޮވެމްބަރުމަހު ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ދެކުނުގެ ބައެއް އަތޮޅުތަކަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

Ads by STELCO

ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ނޮވެމްބަރުމަހުގައި ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގަންނަވާނެ ކަމަށެވެ. އަދި ތާރީޚެއްކަމަށް ކަނޑައަޅާފައި އޮތީ ނޮވެމްބަރު ތިނެއް ކަމަށާއި, ނަމަވެސް ތާރީޚަށް ބަދަލެއް އައުން އެކަށީގެންވާކަމަށ ހީނާ ވިދާޅުވިއެވެ.

''ތާރީޚަށް ބަދަލެއް އައުން އެކަށީގެންވޭ. އެހެން ނަމަވެސް ނޮވެމްބަރު މަހުތެރޭގައި އެ މަނިކުފާނު އައްޑޫ ސިޓީއަށް ޒިޔާރަތްކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ.''

ހަމައެއާއެކީގައި ނޮވެމްބަރުމަހު ތެރޭގައި ގދ.އަތޮޅަށާއި, ފުވައްމުލަކު ސިޓީއަށް ދަތުރުތައް ރާވަމުންދާކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

އެ ރަށްރަށުގައި ތިބި ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ވަރަށް ބޮޑަށް ރަށުތެރެ ޒީނަތްތެރިކޮށް ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުތަކަކީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!