Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

އުފާވެރި މާދަމާއެއް ހޯދައިދިނުމަށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެވިއްޖެ: ރައީސް

އުފާވެރި މާދަމާއެއް ހޯދައިދިނުމަށް ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދެވިއްޖެ: ރައީސް

ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދިނުމަށް ފުރުސަތުތައް ފަހިކޮށްދެވިއްޖެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވީ ޒުވާނުންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޒުވާނުންގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ކުރެއްވި ޓުވީޓުގައި ރައީސް ވިދާޅުވީ ހިލޭ ޑިގްރީއާއި, ސްކޮލަރޝިޕް ފުރުސަތުތަކާއި، މަސައްކަތްތެރިކަން ދަސްކޮށްދޭ މަރުކަޒުތަކާައި، ކުޅިވަރު ދަނޑުތަކާއި, އެސްްއެމްްއީ ލޯނުތައް ތަޢާރަފުކުރެވިފައިވާ ކަމަށެވެ.

Advertisement
HDC — Sidebar (box)

އެ ކަންކަން ތަޢާރަފްކުރެވިފައި ވަނީ ޒުވާނުންނަށް އުފާވެރި މާދަމާއެއް ހޯދައިދީ ރަނގަޅު ޖީލެއް ބިނާކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ޤައުމީ ޒުވާނުންގެ ޒުވަހަކީ އޮކްޓޫބަރުމަހުގެ 22 ކަމަށް ކަނޑައެޅީ މި ސަރުކާރުންނެވެ. ރާއްޖޭގައި ޤައުމީ ފެންވަރުގައި ޒުވާނުންގެ ދުވަސް ފުރަތަމަ ފާހަގަކުރީ 1992 ވަނަ އަހަރު މާޗުމަހުގެ 01 ގައެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް