މި ސަރުކާރުން މޮރިޝަސް (މޫރިސީ) އަށް ޗާގޯސް (ފޯޅަވަހި) ހަމަ ވިއްކައިލީ ކަމަށާއި, މިއީ ދިވެހިން ބަލައިގަންނާނެކަމެއް ނޫންކަމަށް ރައީސް ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން އެ ޤައުމާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ މައްސަލައިގައި ސަންގު ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ މި މައްސަލައިގައި އެ މަނިކުފާނު ދެކެވަޑައިގަންނަވާ ގޮތް ޕީޕީއެމްގެ މެންބަރުން މަޖިލީހުގައި އެ ގެންދަވަނީ ހާމަކުރައްވަމުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މޮރިޝަސްއަށް ޗާގޯސް ހަމަ ވިއްކައިލީ ކަމަށާއި އެއީކީ ޝައްކެއް އޮތްކަމެއް ނޫން ކަމަށެވެ. އަދި މިއީ ދިވެހިން ބަލައިގަންނާނެކަމެއް ނޫންކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ޚާރިޖީ އިސްތިޤުލާލީ ސިޔާސަތަކީ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ކަމެއް ކަމަށާއި, ރައީސުލްޖުމްހޫރިއްޔާއަކަށް ވެސް އެކަމުގައި އަމިއްލަ އިޚުތިޔާރެއް ނޯންނާނެ ކަމަށެވެ. އޭގެ ބަދަލުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ޢެމް އެމް ޕީ އާރު ސީ ރަށްތަށް ނުވިއްކާބާ…
ކީކޭ ބުނާނީ..؟
މަނިކުފާނު ތީކުކަން ދިވެހިންނަށް އިގޭ…
ހިތާމަޔާ ބިރުވެރިކަމުގެ ކޮޅެއްވެސް ނެތް، މި ސަރުކާރަކީ ވަރަށް ވެސް ޢައްދާރު ނުބައި ނުލަފާ ސުންޕާ ސަރުކާރެއް،
މިސަރުކާރުންބޭނުން ވަނީ މިބައިގަނޑުގެ ވެރިކަން ނިމެންވާއިރަށް ގައުމު ދަރުވާލާ ވިއްކާލާ ގައުމު އަޅުވެތި ކޮށް ފަގީރު ގައުމަކަށް ހަދާލާފަ ރައިއްޔަތުން ބޯހިއްލާލިއަށްވެސް ނުދީ ނިކަމއތި ހާލުގާ ޖައްސާފަ ބައިތިއްބަން، މިހުރިހާކަމެއް ކުރަނީ ދެން އަންނަ ވެރިކަމަށް ޖެއްސުން ކުރުމަށް ގައުމު ހިންގަން ދަތިކޮށް ރައިއްޔަތުން ރުޅިއަރުވާ ގައުމު ހަލަބޮލިކުރަން ވެގެން،
ގައުމާ ރައިއްޔަތުންނަށް އަނިޔާވެރި ރަހުމުކުޑަ ވެރިއެއް މިގައުމުގެ ތާރީޚުގާވެސް އަދި ވެރިކަން ކޮށްފައެއްނެތް،
ދެން ފެންނާނީ ރައިއްޔަތުން ވެސް ވިއްކާލާތަން، ރައިއްޔަތުންރަހުނުކޮށް ފަރަންޖީ ގައުމުތަކުން ފައިސާނަގާތަން ބިރުވެރިކަމާ ހިތާމައިގެ ކޮޅެއްވެސް ނެތްް ޙަސްބުނަﷲ ވަނިއުމަލްވަކީލު.