Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

ރައީސް ޔާމީންގެ ވަޢުދެއް: މަނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ހަދާނަން

ރައީސް ޔާމީންގެ ވަޢުދެއް: މަނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ހަދާނަން

އަންނަ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ ނ.މަނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް ހަދާނެކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް, ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ނ.މަނަދޫގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރިޔާސީ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އެކި ރަށްރަށުގައި އެކި ދާއިރާތަކުން ކަންކަން ކޮށްދެއްވާނެކަމަށް އެ މަނިކުފާނު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެ ގޮތުން މަނަދޫގެ މަގުތައް ރަނގަޅު ފެންވަރަކަށް ހައްދަވާާނެކަމަށް ވެސް އެ މަނިކުފާނު މިއަދު ވިދާޅުވިއެވެ.

''އިރާދަކުރެއްވިއްޔާ މަނަދޫގެ މަގުތައް ހެދުމަކީ މަނަދޫން މި ރިކުއެސްޓް ނާންނައިރު ވެސް އަޅުގަނޑުގެ ނޯޓުގަ އޮތްކަމެއް. މަނަދޫގެ މަގުތައް އިރާދަކުރެއްވިއްޔާ ރަނގަޅު ފެންވަރަކަށް ހަދާނަން.''

Advertisement
HDC — Sidebar (box)

ރައީސް ޔާމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލެއް ނުވަތަ މާލޭގައި ހުންނަ ފެންވަރުގެ ހޮސްޕިޓަލެއް ނ.އަތޮޅުގައި ވެސް ހެދެންވާނެ ކަމަށެވެ. އަދި އެފަދަ ހޮސްޕިޓަލެއް ފުރަތަމަ ގާއިމުކުރެވެން ޖެހޭނީ މަނަދޫގައިކަމަށް ގަބޫލުކުރައްވާކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

''އެހެންވީމަ އިރާދަކުރެއްވިއްޔާ މި އަތޮޅުގަ މަނަދޫގަ ޓާޝަރީ ހޮސްޕިޓަލެއް, ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހެދިގެންދާނެ ﷲ މި ފުރުސަތު އަޅުގަނޑުމެންނަށް ތަނަވަސް ކޮށްދެއްވައިފިއްޔާ.'' ރައީސް ޔާމީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް