Thursday, 29 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ރާއްޖޭގައި

މަޝްހޫރު ލަވަކިޔުންތެރިޔާ ޔޮހާނީ ރާއްޖޭގައި

ސްރީލަންކާގެ ލަވަ ކިޔުންތެރިޔާ، ޔޮހާނީ ޑިލޯކާ ޑިސިލްވާ ރާއްޖެ އަތުވެއްޖެއެވެ.

ޔޮހާނީ ރާއްޖެ އައިސްފައި ވަނީ، ބައިސްކޯފުން އިންތިޒާމްކޮށްގެން އަންނަ ހޮނިހިރު ދުވަހު ބާއްވާ "ޗަނާޗާ 2022″ގައި ބައިވެރިވުމަށެވެ.

"ޗަނާޗާ 2022″ ޝޯވ ބާއްވަން ނިންމާފައިވަނީ، ހުޅުމާލޭ ސިންތެޓިކް ޓްރެކުގައެވެ. އެ ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ. ޔޮހާނީގެ ލައިވް ޕާފޮމެންސް ފެނިގެންދާނީ ރޭގަނޑު އޮންނަ ޝޯވގައެވެ.

Advertisement
Ooredoo — Square (box)

ޔޮހާނީގެ ހަވީރުުގެ ޝޯއަށް ހިލޭ ވަދެވޭއިރު، ޔޮހާނީ ބައިވެރިވާ ޝޯއަށް ވަދެވޭނީ 150 ރުފިޔާގެ ޓިކެޓެއް ގަނެގެންނެވެ. ކުރިން ޓިކެޓް ގަނެފައިވާ ފަރާތްތަކަށް ވީއައިޕީއަށް ބަދަލު ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ބައިސްކޯފުން ބުނެއެވެ.

މި ޝޯގެ ވީއަޕީ ޓިކެޓް ގަނެގެން ޔޮހާނީއާ ބައްދަލުކޮށް، ފޮޓޯ ނެގުމުގެ ފުރުސަތު ލިބޭނެ ކަމަށް ބައިސްކޯފުން ވަނީ ބުނެފައެވެ.

ޔޮހާނީ އަކީ ރާއްޖޭގެ ގިނަބައެއްގެ މަގުބޫލުކަންވެސް ހޯދާފައިވާ ފަރާތެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް