Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

އޭސީސީގެ ތަޙްޤީޤުތަކަށް މިހާރު ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ރައީސް

އޭސީސީގެ ތަޙްޤީޤުތަކަށް މިހާރު ސަރުކާރުގެ ނުފޫޒެއް ނޯންނާނެ: ރައީސް

އެންމެ ބޮޑު ކޮރަޕްޝަން (އޭސީސީ) އިން ކުރާ ތަޙްޤީޤަކަށް މިހާރު ސަރުކާރުގެ ނުފޫޒެއް ނޯންނާނެކަމަށް ރައީސް އބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.

''އެންޓި ކޮރަޕްޝަން ކޮންފަރެންސް 2022'' ގައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ ގޮތުން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް މިނިވަން މާހައުލެއް ގާއިމުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި އެފަދަ އަމަލުތައް ހުއްޓުވުމަށް އޭސީސީން ކުރާ ތަޙްޤީޤަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށެވެ.

Advertisement
Ooredoo — Square (box)

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ބައިނަލްއަޤުވާމީ މުޖުތަމަޢުން މިއަދު ވަނީ ބަލައިގަނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް