ޚަބަރު އިޖުތިމާޢީ

ހޯޑެއްދޫގައި ހިންގާ ޑްރަގްގެ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިއަށްދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފުލުހެއް ކުއްތާއަކާއެކު.. ފޮޓޯ: ޕޮލިސް މީޑިއާ

ގދ.ހޯޑެއްދޫގައި ހިންގާ ޑްރަގްގެ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިއަށްދާކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by Hajj Corporation

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ގދ.އަތޮޅުގައި ޑްރަގްގެ ބޮޑު އޮޕަރޭޝަނެއް ފެށީ މިދިޔަ ހަފުތާތެރޭގައެވެ.

މިދިޔަ ހުކުރު ދުވަހު ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވީ މި އޮޕަރޭޝަންގައި ހޯޑެއްދޫން ގިނަ ޢަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ނަމަވެސް އެއީ ކިހާވަރެއްކަމެއް ހާމައެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުން މިހާތަނަށް އެ ރަށުން 15 ކިލޯއެއްހައި މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ފުލުހުން ހާމަކުރި ގޮތުގައި އެ ތަކެތި ފެނުނީ އެ ރަށު ވަލުތެރޭގައި ވަޅުލާފައި ހުއްޓައެވެ.

ފުލުހުން ހިންގާ މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު, އޭގެތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ވަނީ ނިޔާވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!