ޚަބަރު ޝަރުޢީ ދާއިރާ

އޭޑީކޭއަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެފްއޭއެމްގެ މައި އިދާރާ--

އޭޑީކޭ ހޮސްޕިޓަލަށް 1.7 މިލިއަން ރުފިޔާ ދެއްކުމަށް ދިވެހިރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ, އެފްއޭއެމްގެ މައްޗަށް ޙުކުމްކޮށްފިއެވެ.

Ads by MWSC

މި ފައިސާއަކީ އެފްއޭއެމްގެ އެދުމުގެ މަތިން އޭޑީކޭއިން ހޯދާފައިވާ ޚިދުމަތަކަށް މި އަހަރުގެ ފެބްރުއަރީ 05 ގެ ނިޔަލަށް އެ ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާއެވެ.

އެފްއޭއެމްއިން އެ ފައިސާ ދައްކާފައިނުވާތީ އޭޑީކޭއިން ސިވިލް ކޯޓުގައި ދަޢުވާކުރީ އެ ފައިސާ އެއްފަހަރާ ހޯދުމަށެވެ. އޭޑީކޭއިން ބުނެފައިވާ ގޮތުން 1.7 މިލިއަން ރުފިޔާއަކީ 15 އިންވޮއިސްއަކަށް ދައްކަންޖެހޭ ޖުމްލަ ޢަދަދެވެ.

ސިވިލް ކޯޓުން އިއްޔެ އެފްއޭއެމްގެ މައްޗަށް ޙުކުމްކުރީ އެ ފައިސާ އެއްފަހަރާ އެއްމަސް ދުވަހުގެތެރޭ ދައްކައި ހަލާސް ކުރުމަށެވެ.

ދާދިފަހުން ވަނީ އެފްއޭއެމްއިން ސްޓެލްކޯއަށް ދައްކަންޖެހޭ 6.5 މިލިއަން ރުފިޔާ ނުދައްކައިގެން އެ ތަނުން ކަރަންޓު ވެސް ކަނޑާލައިފައެވެ.

Ads by Ooredoo
  1. ހުސޭނުބެ

    ދެން ބުނޭ އެހެން ބަޔަކު ފަރުވާ ހޯދާފައި ތިމަންނަމެންނަށް ބިލްކުރީއެވެ. ބޭސް ކުރި ބަޔަކު އަތުން ފައިސާ ހޯދާށެވެ. އެފްއޭއެމެއްވާ ނެތެވެ. ހުރީ އަމީންގައިހުރި 22 މިލިޔަން ރުފިޔާގރ އެޕާރޓްމަންޓެވެ.،