Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އުމަރު ނަސީރުގެ ސުވާލެއް: ފޯޅަވެއްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެނަމަ މުސްލިމު ޤައުމަކަށް ވާނެތޯ؟

އުމަރު ނަސީރުގެ ސުވާލެއް: ފޯޅަވެއްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެނަމަ މުސްލިމު ޤައުމަކަށް ވާނެތޯ؟

ފޯޅަވައްސަކީ ދިވެހިންގެ ތަނަކަށް ވެއްޖެ ނަމަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ގޮތުގައި ރާއްޖެ އޮންނާމެ ތޯ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސުވާލުއުފައްދަވައިފިއެެވެ.

ނަސްރުގެ ދުވަހާ ގުޅުވައިގެން އުމަރު ނަސީރު ބޭއްވި ހަރަކާތެއްގައި ވިދާޅުވީ ޗާގޯސްއަށް ނިސަބަތްވާ 3000ވަރަކަށް މީހުން އިނގިރޭސިވިލާތިގައި އެބަތިބި ކަމަށެވެ. އަދި އެ މީހުންނަކީ މުސްލިމުން ނޫން ކަމަށް އުމަރު ވިދާޅުވިއެވެ.

“ޗާގޯސްއަށް ނިސްބަތްވާ ތިން ހާސް މީހުން އިނގިރޭސިވިލާތުގައި އެބަތިބި. ޗާގޯސް މިނިވަންވާ ދުވަހު މި ތިންހާސް މީހުން އަނބުރާ އެ ރަށަށް އަންނާނެ. އެ މީހުންނަކީ މުސްލިމުންނެއް ނޫން. ފުޅަވެއްސަކީ އަޅުގަނޑުމެންގެ ގައުމަކަށް ވެއްޖިއްޔާ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް އަޅުގަނޑުމެން ވާނެތޯ؟ ނުވާނެ" އުމަރު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

އުމަރު ވިދާޅުވީ އެ ތިންހާސް މީހުންނަށްޓަކައި ސައްތައިން ސައްތަ އިސްލާމީ ގައުމުގެ “ޓެގް” ދޫކޮށްލައިގެން ނުވާނެ ކަމަށާއި ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުކޮށްގެން ނުވާނޭކަމަށް ވިދާޅުވިއެވެ.

އަދި ފަޤީރުވެ ސަލާންޖަހާ ހިސާބަށް ގޮއްސިއްޔާ ގައުމެއްގެ މިނިވަންކަން ނޯންނާނެ ކަމަށާއި މިނިވަންކަން އޮންނާނީ އަމިއްލަ މަސައްކަތްތަކުގެ ތެރޭގައި އޮންނަ ރަށްރަށުގައި ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް