ޚަބަރު އިޖުތިމާޢީ

މިއަދު ވެސް ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވޭ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މީގެ ކުރިން ރަށަކަށް އުދަ އަރާފައިވާ މަންޒަރު--

މިއަދު ވެސް ބައެއް ރަށްތަކަށް އުދަ އަރައިފާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިގޮތުން  ކ.އަތޮޅުން އައްޑޫ ސިޓީއަށް މިހާރު ވަނީ ހުދު ސަމާލުވެސް ނެރުއްވައިފައެވެ. މި ސަމާލު ނެރުއްވައިފައިވަނީ މެންދުރުފަހު 14:00 ގެ ނިޔަލަށެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ގުގުރާނެކަމަށް ވެސް ލަފާ ކުރައްވައިފައެެވެ. އުތުރުގެ ސަރަޙައްދުތަކަށް ކަނޑުތައް މަޑުވި ނަމަވެސް އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި, ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދު ކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ.

މިއަދު އުދައަރާނެކަމަށް ލަފާކޮށްފައިވާއިރު އިއްޔެ ވަނީ މާލޭގެ ކާނިވާ ސަރަޙައްދަށް ވެސް އުދައަރައި އެ ފެން ބޮޑުވެފައެވެ.

އުދައެރުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ކިންގް ސަލްމާން މިސްކިތް ސަރަހައްދުގައި މާލެ ސިޓީ ކައުންސިލުން ވަނީ ފާރެއް ވެސް ރާނައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!