ޚަބަރު އިޖުތިމާޢީ ޝަރުޢީ ދާއިރާ

މެޖިސްޓްރޭޓް ނިހާންގެ މައްސަލަ ނިންމި ގޮތާމެދު މުޢިއްޒު ސުވާލު އުފައްދަވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އދ.މާމިގިލީ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާން

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމު ވެރިކަމުގައި ހުންނަވަނިކޮށް އެ މަނިކުފާނު ހައްޔަރުކުރުމަށް ޢަމުރެއް ނެރުއްވި މައްސަލައިގައި އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާނަށް އެޅުއްވި ފިޔަވަޅާމެދު
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަޙްމަދު މުޢިއްޒު ސުވާލު އުފައްދަވައިފިއެވެ.

Ads by STELCO

މެޖިސްޓްރޭޓް ނިހާނަށް ނަސޭހަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ނިންމާފައިވާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކުރެއްވީ އިއްޔެއެވެ.

އޭނާއަށް ފިޔަވަޅު އަޅުއްވަން ނިންމެވީ ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް, ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު އޭނާ ދެއްވާފައިވާކަން ސާބިތުވާކަމަށް ބުނެއެވެ.

މެޖިސްޓްރޭޓް ނިހާނަށް އަޅުއްވަން ނިންމެވި ފިޔަވަޅާ ގުޅިގެން މުޢިއްޒު ކުރެއްވި ޓުވީޓެއްގައި ވަނީ އެއީ އެންމެ އިންސާފުވެރި ފިޔަވަޅުތޯ ސުވާލު އުފައްދަވައިފައެވެ.

އެގޮތުން މިއީ ކޮން މިންގަނޑަކުން ނިންމި ކަމެއްތޯ ސުވާލު ކުރައްވައި މުޢިއްޒު ވަނީ މިއަށްވުރެ މާ ކުދިކުދި ކަންތައްތަކުގައި މަޤާމުން ވަކިކުރަން ނިންމާފައިވާކަން ފާހަގަކުރައްވައިފައެވެ.

މުޢިއްޒު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ހައްޔަރު ކުރަން ޢަމުރެއް ނެރުމާ ބެހޭ ގޮތުން ޢާންމު މީހަކާ މުޢާމަލާތު ކުރުމަކީ ކުޑަކަމެއް ނޫނެވެ.

Ads by Allied Insurance
  1. އަލީ

    ” ފިޔަވަޅު އަޅުއްވަން ނިންމެވީ ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް, ކޯޓު އަމުރެއް ހޯދުމަށް މަސައްކަތްކުރިއިރު ފުލުހުންނާއެކު ދިޔަ އާއްމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު އޭނާ ދެއްވާފައިވާކަން ސާބިތުވާކަމަށް ބުނެއެވެ. ” ތެޅޭނީ ދާނި މީމިވާގޮތަކީ!!!!!