ބައެއް ރަށްތަކަށް އުދައިގެ އަސަރުކޮށްފާނެ ކަމުގެ އިންޒާރު

ދިޔަވަރު ފޫދޭ ވަގުތުތަކުގައި ބައެއް ރަށްތަކަށް އުދަ އަރައިފާނެ ޮކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން (މެޓް އޮފީސް) ލަފާކޮށްފިއެވެ.
އުދައިގެ އަސަރުކޮށްފާނެކަމަށް ލަފާކޮށްފައިވަނީ މެދު ރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށެވެ.
މެޓު އޮފީހުން ލަފާކޮށްފައިވާ ކުރައްވާފައިވާ ގޮތުން ދެކުނުގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ވެސް ވަނީ ލަފާކުރައްވައިފައެވެ.
މީގެ އިތުރުން އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް މެޓުން ލަފާ ކުރައްވައެވެ.
މެޓު އޮފީހުން އިތުރަށް ހާމަކުރެއްވި ގޮތުގައި އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވި ނަމަވެސް, ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.