ރައީސް ޞާލިޙް ފަދަ މަޤާމަށް ކުފޫ ހަމަނުވާ ވެރިޔަކު ވެރިކަމަށް ގެންނަ ފަދަ ހާލަތެއް ޤައުމަކު ނެތް: މަލީހް

ރައީސް ޞާލިޙް ފަދަ މަޤާމަށް ކުފޫ ހަމަނުވާ ވެރިޔަކު ވެރިކަމަށް ގެންނަ ފަދަ ހާލަތެއް ޤައުމުގައި ނެތް ކަމަށްކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ.
މަލީހް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިޙަކީ ވެރިކަމަށް ގެންނަން ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެފަދަ ބޭފުޅަކު ގައުމުގެ ވެރިއަކަށް ގެންނަ ފަދަ ހާލަތެއް ނެތް ކަމަށްވެސް މަލީހް ވިދާޅުވިއެވެ.
“އިބޫ ފަދަ މަޤާމަށް ކުފޫ ހަމަނުވާ ވެރިޔަކު ވެރިކަމަށް ގެންނަ ފަދަ ހާލަތެއް ޤައުމަކު ނެތް. ސަރުކާރުތެރެއިން ނުހައްޤު މަންފާތައް ލިބުނު ފަރާތްތައް މާލެ ވަށާ ފަރުމަތީގައި ޖަހާފަ ހުރި ހިލަތަކުތެރިއިން ފެހިޖަހާފަ ހުރި ބޮޑު ހިލަގަނޑަކަށް ވެސް ވެރިކަމަށް އަންނަން ތާޢީދުކޮށްފާނެ” މަލީހް ވިދާޅުވިއެވެ.
މަލީހް މީގެ ކުރިން ކުރެއްވި ޓްވީޓެއްގައި ހުރިހާ ބާރެއް އެމްޑީޕީއަށް ލިބުނުތާ 04 އަހަރު ވާއިރުވެސް އެއްވެސް ކަމެއް ރަނގަޅު ނުވާ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި އިޖްތިމާޢީ ގޮތުން ވެސް ރާއްޖެ ބަނގުރޫޓްކޮށްފި ކަމަށާއި, 17 އަހަރުން އެމްޑީޕީއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ ވެސް ދިވެހިންގެ ބަދު ނަސީބު ކަމަށް މަލީހް ވިދާޅުވިއެވެ.