ކޮވިޑް-19 އިން ރަނގަޅުވި 90 އިންސައްތަ މީހުންގެ ފުއްޕާމޭ ވަނީ ހަލާކުވެފައި: ވުހާންގެ ޑޮކްޓަރުން
ކޮވިޑު-19 ޖެހިގެން ރަނގަޅު ވެފައި ހުރި 90 އިންސައްތަ މީހުންގެ ފުއްޕާމޭ ހަލާކުވެފައިވާ ކަމަށް ޗައިނާގެ ސިޓީ އެއް ކަމަށްވާ ވުހާންގެ ސިއްހީ ކަމާ ބެހޭ ފަރާތްތަކުން ހާމަ ކޮށްފިއެވެ.
ޗައިނާގެ ސިޓީއެއް ކަމަށްވާ ވުހާންގެ ހޮސްޕިޓަލަކުން މީޑިއާއަށް ޚަބަރު ލިބިފައިވާ ގޮތުގައި ކޮވިޑު-19 އިން އެ، ސިޓީން ރަނގަޅު ވެފައި ހުރި 90 އިންސައްތަ މީހުންގެ ފުއްޕާމޭގައި ބައިވަރުމައްސަލަތައް ޖެހޭ ކަމަށާއި، 5 އިންސައްތަ މީހުން ދެވަނަ ފަހަރަށް ކޮވިޑު ޖެހުގެން އަނެއްކާވެސް ކަރަންޓީނު ކުރެވިފައިވާ ކަމަށް ޚަބަރުތައް ވަނީ ލިބިފައެވެ.
ޗައިނާގެ އަވަށެއް ކަމަށްވާ “ ޒޮންގްނާން “ ގެ ޑޮކްޓަރުން މިދިޔަ އޭޕުރީލް މަހުން ފެށިގެން ކޮވިޑު-19 އިން ރަނގަޅު ވެފައި ހުރި އެތައް މީހަކު ބަލަމުން އަންނަ ކަމަށާއި ގިނަބަޔަކު އަންނަނީ ހަމަ ފުއްޕާމޭގެ މައްސަލަތައް ޖެހިގެން ކަމަށެވެ. މި މީހުން ބެލި ބެލުމުގައި 90 އިންސައްތަ މީހުންގެ ފުއަޕާ މޭ ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ހަމައެއާއެކު ފުއްޕާ މޭގައި ވައި ބަދަލު ކޮށްދޭ ނިޒާމު އަދި އެންމެ ރަނގަޅު ނުވާ ކަމަށާއި އެހެންނަމަވެސް ގިނަފަހަރަށް ބަލާބެލުމަށް އެމީހާގެ އެއްވެސް މައްސަލަ އެއް ހުންނަ ކަމަކށްޗާހަގަ އެއް ނުކުރެވޭނެ ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ކޮވިޑު-19 އިން ރަނގަޅު ވުމަށް ފަހު ގެއަށް ފޮނުވާލެވިފައިވާ ގިނަ މީހުން 3 މަސް ވަންދެންނޭވާ ލުމަށްޓަކައި އެހީވެދޭ “ އޮކްސީޖަން “ މެޝިން ބޭނުން ކުރާ ކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
ބަލި ނުޖެހި ހުރި އާންމު މީހަކަށް ގާތްގަނޑަކަށް 6 މިނެޓު ތެރޭގައި 500 މީޓަރަށް ހިނގާފައި ދެވޭ އިރު މި ބަލިން ރަނގަޅު ވެފައި ހުރި މީހުނަށް 6 މިނެޓު ތެރޭގައި 400 މީޓަރަށް ހިނގާފައި ދެވޭ ކަންވެސް ވަނީ ޑޮކްޓަރުން ފާހަގަ ކޮށްފައެވެ. 10 އިންސައްތަ މީހުން ކޮވިޑު-19 އިން ރަނގަޅު ވުމަށް ފަހުވެސް ގެއަށް ފޮނުވާލުމަށްފަހު އަނެއްކާވެސް ކަރަންޓީނަށް ލެވިފައި ވާކަން ވުހާންގެ ޑޮކްޓަރުން ވަނީ ހާމަ ކޮށްފައެވެ.
މިދިޔަ އަންގާރަ ދުވަހު ޗައިނާގެ ވުހާން އިން ކޮވިޑު-19 ގެ އިތުރު 27 ކޭސް ފެނިފައިވާ ކަމަށް ވެސް ޚަބަރުތައް ލިބިފައިވެއެވެ.