ޚަބަރު

ޒިނޭ ސާބިތުވި މީހަކު 100 އެތިފަހަރުން ހައްދު ޖަހައި އަހަރަކަށް ގޭ ބަންދަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޒިނޭ ކުރި އަންހެނަކު 100 ފަހަރުން ހައްދު ޖެހުމާއެކު އެއް އަހަރުގެ މުއްދަތަށް ގޭ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

Ads by STELCO

ޒިނޭކުރުމުގެ ކުށް ކޮށްފައިވަނީ ޅ.ނައިފަރު / އެސްމާގެ، ޙައްވާ ނިއުޝާގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން މިއަދު ވިދާޅުވީ ޒިނޭކުރުމުގެ ކުށުން ޙައްވާ ނިއުޝާ ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން، 100 (ސަތޭކަ) އެތިފަހަރުން ޙައްދު ޖެހުމާއެކު، 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށް ކަނޑައަޅައި، ޙުކުމްކޮށްފައިވާ ކަމަށެވެ.

ކައިވެންޏަކާ ނުލާ އޭނާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ސުންކު ދޭން ދެކޮޅު ހެދުމުން ނިއުޝާގެ މައްޗަށް މީގެ ކުރިން ވަނީ ހަތަރު މަހަށް ގޭބަންދު ކުރުމަށްވެސް ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކައިވެންޏަކާ ނުލައި ވިހާފައިވާ މައްސަލައިގެ ތަހުގީގުގައި ވިހެއި ދަރިފުޅުގެ ޑީއެންއޭ ސުންކު ނެގުމަށް ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ދިއުމުން އޭނާ އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

އަދި ޑީއެންއޭ ސުންކު ނަގަން ޖެހޭނީ ގަދަ ކަމުން ކަމަށް ތަކުރާރުކޮށް ބުނެ ނައިފަރު މެޖިސްޓްރޭޓް ކޯޓު މެދުވެރިކޮށް ފުލުހުން ހޯދި ކޯޓު އަމުރު ތަންފީޒު ކުރުމަށް ހުރަސް އަޅާފައިވާ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.

މިއާއެކު ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ ނިއުޝާގެ މައްޗަށް ކޮށް، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

  1. ނަފުސާނީ ބަލި މީހެއް ނޫންބާ ؟