ޚަބަރު ސިޔާސީ

ރައީސް ނަޝީދާމެދު ދިވެހިން ފަޚުރުވެރިވާންޖެހޭ: އަލްހާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާމެދު ދިވެހިން ފަޚުރުވެރިވާންޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ފޭދޫ ކުރީގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަލްހާން މިހެން ވިދާޅުވީ ކޮޕް 27 ގައި ރައީސް ނަޝީދު ސްރީލަންކާ ތަމްސީލު ކުރެއްވުމާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިޔުންތަކާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ރައީސް ނަޝީދުގެ އެ ޢަމަލަކީ ޤާނޫނުއަސާސީގެ 75 ވަނަ މާއްދާއާ ޚިލާފު ކަމެއްކަން ފާހަގަކުރައްވައި ޤާނޫނީ ވަކީލު އަޙްމަދު ޠާލިބް ވަނީ މަޖިލީހުގެ މެންބަރުކަމުން ނަޝީދު ވަކިކުރުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ.

ރޭގެ ވަގުތެއްގައި އަލްހާން ކުރެއްވި ޓުވީޓުގައި ވިދާޅުވީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސް ނަޝީދު ދުނިޔޭގެ ފެންވަރުގެ ސެލެބްރިޓީއަކަށްވުމަކީ ދިވެހިން ފަޚުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ.

ރައީސް ‎ނަޝީދު އެ މަނިކުފާނުގެ ‎ތިމާވެށި ފިލްމު ''ދި އައިލެންޑް ޕްރެޒިޑެންޓް'' ސޕަރ ހިޓަކަށްވުމާ ގުޅިގެން ބައިނަލްއަޤްވާމީ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތުގައި ދުނިޔޭގެ ފެންވަރުގެ ސެލެބްރިޓީއަކަށް ވުމަކީ ދިވެހިން ފަޚުރުވެރިވާންޖެހޭ ކަމެއް. އެއީ މައްސަލައެއް ނޫން.

ނަޝީދު މަޖިލީހުގެ މެންބަރުކަމުން ވަކިކުރުމަށް އެދި ސްޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވާފައިވާއިރު އެއީ ޤާނޫނީ އަސާސެއް ނެތް ކަމެއް ކަމަށާއި އެކަމުގެ އަޑީގައި އޮތީ ސަރުކާރުކަމަށް ގަބޫލު ކުރައްވާ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވަނީ ތުހުމަތު ކުރައްވައިފައެވެ.

Ads by Allied Insurance
  1. އަހުމަދުގާސިމު

    ފަހުރުވެރިވާންވެސްއެގޭނީހަމަބުއްތިސަލާމަތުންތިބިބަޔަކައްދިވެހިންގެމިސާލަކީޖަންގަލީގައުޅޭ ހައިނާކިޔާޖަނަވާރުގެމިސާލު އެއްޗެއްއެގޭބަޔަކައްތަފަހުރުވެރިވެވޭނީ

  2. ބޯބެ

    އަހރެން ފަޚުރުވެރިވަނީ މި މީހާގެ ބޯގަޅިކަމާމެދު.

  3. ހުދުކާޅު

    އަލްހާނު ފަހުމީއާއިމެދު ފަޚުރުވެރިވާންޖެހޭ ކެލިލިހިހި ލިބުނު ފަދަ ކެހިދޭ ބޭފުޅުންނާމެދު ފަޚުރުވެރި ނުވާނީ ކާކު. މަހަކު އެއްފަހަރު ބިރުދައްކާޒާތުގެ މެސެޖަކުން މީހުންނަށް ފައިސާ ދެމުން ވަޑައިގަންނަވަ ތެދުވެރި އޯގާތެރި ބޭފުޅަކު ތިޔަފަދަ ހިތްވަރެއް ދެއްވާތީ އުފަލުން ކަރުން ލޭރަހަލައިއެބަި