ޚަބަރު ސަރުކާރު

ދަޢުލަތުގެ ހިންގުން ހެޔޮ ވެރިކަމުގެ ނިޒާމަށް ބަދަލު ކުރެވިއްޖެ: ރައީސް ޞާލިޙު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރަައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ--

ދިވެހި ދަޢުލަތުގެ ހިންގުން، ހެޔޮ ވެރިކަމުގެ ނިޒާމަށް ބަދަލު ކުރެވިފައިވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ މަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ މީގެ 4 އަހަރުކުރިން އެމަނިކުފާނު ހަވާލުވި މަސްއޫލިއްޔަތު ބިނާވަނީ، ވަކި ޚާއްޞަ ބަދަލުތަކެއްގެ މައްޗަށް ކަމަށެވެ. މިހައިތަނަށް ރާއްޖެ ހިނގަމުން އައީ، އިޖުތިމާޢީ އަދި އިޤްތިޞާދީ ތަފާތު ވައްޓަފާޅިއެއްގައި ކަމަށާއި، އެކަމަށް ޒަމާނާގުޅޭ، ކޮންމެހެން ބޭނުން ބަދަލުތައް ގެނައުމަކީ އެ މަނިކުފާނުގެ މުހިންމު ވަޢުދުފުޅެއްކަން ފާހަގަކުރެއްވިއެވެ،

"އޭގެ ފެށުމަކީ، މިހާރު އެކަށައެޅި، އިދާރީ ގޮތުން ރާއްޖެ ހިނގަމުން މިދާ ލާމަރުކަޒީ ބޮޑު ބަދަލު. ބޭނުމަކީ، އެއްތަނެއްގައި ހިފެހެއްޓި ގަނޑުވެފައިވާ ބާރުތައް، އޭގެ ޒާތުން ދިރި، މުޅިރާއްޖެއަށް ފަތުރާލުން. ޚިދުމަތްތަކާއި ވަސީލަތްތައް، އަތޮޅުތައް ފަހަނަޅައި، ރަށްރަށުގެ 4 ތޮށިން އެތެރެވާނެ ބޮޑު ބަދަލު، މި 4 އަހަރުން ގެނެވިއްޖެ. އާމްދަނީއާއި ވަޒީފާތައް، ރައްޔިތުންނާ ގާތްވާނެ ހަމަހަމަ، ހަމަތަކެއް، މި 4 އަހަރުން ހޯދިއްޖެ. ޖީބަށް ލުއި، ބާރުދުވެލީގައި ރަށްތައް އަމުނާ، ގަތާ، ރައްޔިތުން ބަދަހި ކުރާނެ ދަތުރުފަތުރުގެ ނިޒާމު، ތަޢާރުފް ކުރެވިއްޖެ."

ފާއިތުވި 4 އަހަރުގެ ބައެއް ކުރިއެރުންތައް ފާހަގަކުރައްވަމުން ރައީސް ވަނީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލު ފާހަގަކުރައްވާފައެވެ. އަދި ހަމަ މި ހެޔޮ ބަދަލު އަންނަ އަހަރު ސިއްހީ ދާއިރާއަށް ގެނެވޭނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި އިޖްތިމާޢީ ހަމަހަމަ ކަމަށްޓަކާ ، މި 4 އަހަރު ސަރުކާރުން ހިންގަމުންދާ ފެނާ ނަރުދަމާއާއި ރަށް ރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ޙައްލު ހޯދައިދިނުމުގެ މަޝްރޫޢުތައްފަދަ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫއުތަކަށް ވެސް އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ފަހުގެ މަޢުލޫމާތުތައް ވެސް ޙިއްޞާކުރައްވާފައެވެ. އެގޮތުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޫންމަހު ހުޅުވާލި ފުރުޞަތުގާ ޖުމްލަ 35861 އެޕްލިކޭޝަން ލިބިފައިވާކަމަށާއި އެ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަންނަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމުގެ ކާމިޔާބީ ރައީސް ފާހަގަކުރެއްވިއެވެ. މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ދީފައިވެއެވެ.

  1. ލަގަނާ

    ލަދެއް ޙަޔާތެއް ހުރިނަމަ ތިޔަހެން ވިދާޅެއް ނުވާނެ މިގައުމުގަ އޮތީ ކޮރަޕްޝަނާއި ފަސާދަ ވައްކަން މާރާމާރީ ފާޅުގަ ޕާޓީކޮއް ރާބޮއި ލިވާތުކޮށް ހުރިހާ ނުބައި ކަމެއް މިވެރިކަމުގަ ޢާންމު ވެއްޖެ އިންސާނުންގެ ކަރު ބުރިކުރުމާއި ލިވާތު ކުރުންވެސް އަލަށް އުފަން ކޮއްފި