ޚަބަރު އިޖުތިމާޢީ

ޖެންޑާ މިނިސްޓްރީއަށް ހެޔޮ ބަދަލެއް ގެނެވިއްޖެކަން ރައްޔިތުން މިހާރު ޤަބޫލުކުރޭ: މިނިސްޓަރު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖެންޑާ މިނިސްޓްރީއަށް ހެޔޮ ބަދަލެއް ގެނެވިއްޖެކަމަށް ރައްޔިތުން މިއަދު ޤަބޫލުކުރާކަމަށް މިނިސްޓަރު ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖެ ޓީވީގެ ''ފަލަ ސުރުޚީ'' ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޖެންޑާ މިނިސްޓްރީއަށް ބަދަލު ގެނެވިއްޖެ ކަމަށާއި ބަދަލު ގެނެވިއްޖެކަމަށް ބަލާ އެއް ނަޒަރިއްޔާތަކީ މީޑިއާއިން މިނިސްޓްރީގެ މައްސަލަތައް ގެންނަ ނަޒަރިއްޔާތު ކަމަށެވެ.

ފުރަތަމަ ކޮޅު މިނިސްޓްރީގެ ކަންކަން ހިނގާ ގޮތާ ގުޅިގެން އަޑުއުފުލުންތައް ގިނަވި ކަމަށާއި މީޑިއާއިން ޖެންޑާގެ ކަންކަން ރިޕޯޓު ކުރެވެމުންދިޔަ ގޮތަށް ބަލާއިރު ވެސް ހިތްހަމަނުޖެހޭ ވަރަށް ގިނަ ކަންކަން ހުރިކަން އެނގިގެންދިޔަކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެފަދަ ރިޕޯޓުތައް ވަރަށް މަދުވާން ފަށައިފިކަން. އަދި މިނިސްޓްރީއާ ބެހޭ ގޮތުން މީޑިއާއިން މިހާރު ރިސާޗް ކުރައްވައިގެން ގެންނަ ވަރަށް ގިނަ ރިޕޯޓުތަކުގައި ރަނގަޅު ކުރެވިފަ ހުރި ކަންކަމާއި ކާމިޔާބުގެ ވާހަކަތައް ވަރަށް ބޮޑަށް އެބަ ގެނެސްދެއްވާކަން އަޅުގަނޑުމެން ފާހަގަކުރަން.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކުރިން މިނިސްޓްރީއަށް ވަރަށް ގިނައިން ޝަކުވާގެ ސިޓީތައް އަންނަ ކަމަށާއި ނަމަވެސް ސިޓީ އަންނަވަރު ވެސް މިހާރު މަދު ކަމަށެވެ. އަދި ހިތްހަމަ ނުޖެހިގެން ބައްދަލު ކުރަން އަންނަ މީހުން ވެސް މަދު ކަމަށާއި މި ކަންކަމުން އެނގެނީ ޖެންޑާ މިނިސްޓްރީން ބަދަލު ގެނެސްފިކަން ރައްޔިތުން ބަލައިގަންނަ މިންވަރުކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

  1. ކަމަނާ އެކަމަކުވެސް މިސާލީ ދުޅަހެޔު އުފާވެރި އާއިލާތަކެއް ނުފެނޭ، މުޅިން ފެންނަނީ ނަފުސާނީ ބަލިމަޑުކަމުގައި ޒުވާނުން އުޅޭތަން، އޭގެ ސަބަބުން ތަފާތު ކުއްތަކަށް އަރައި ގަންނަ މަންޒަރު ފެންނަނީ !

  2. ސައްލި

    ކަމަނާމެންގެ ހެޔު ބަދަލަކީ އިސްލާހަކީ ވަޅަށް ވެއްޓުނު ކުއްތާ ވަޅުގައި ބާއްވައިގެން ވަޅުގެ ފެންހިއްކާ ވަޅު ސާފު ކުރާ ބީދައިން ކުރާކަންކަން ، ކިހިނެއްތޯ ކަމެއް ރަގަޅުވާނީ !

  3. ކަމަނާ ހުކުރުދުވަހު ނިކަން އިސްލާމީ މަރުކަޒު ކާރިޔަށް ދޭބަލަ އެތާ އެއުޅޭ ސަލާމްޖަހާ ޒުވާނުންގެ ހާލު ހުރިގޮތް ބަލާބަލަ !