އޮކްޓޫބަރު: 186 ކައިވެނި ކުރިއިރު, 100 އަށްވުރެ ގިނަ ވަރި
މިދިޔަ އޮކްޓޫބަރު މަހު މާލެ ސަރަހައްދުގައި 186 ކައިވެނި ކުރިއިރު 103 މީހުން ވަރިކޮށްފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ޢާންމުކުރި ތަފާސް ހިސާބުތަކުގައިވާ ގޮތުން މިދިޔަ މަހު އެ ކޯޓަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ވެސް ވަރީގެ މައްސަލަތަކެވެ.
އޭގެތެރޭގައި ހިމެނެނީ ވަރިވުމަށް އެދި ހުށަހެޅި 67 މައްސަލައާއި ވަރިކުރަން އެދި 25 މައްސަލައާއި ވަރި ސާބިތުކުރަން ހުށަހެޅި 47 މައްސަލައެވެ.
މީގެ އިތުރުން މިދިޔަ މަހު އެ ކޯޓުން ނިންމި ޢާއިލީ އަދި އެހެނިހެން މައްސަލަތަކުގެ ޖުމްލަ އަދަދަކީ 18 އެވެ.
ފެމިލީ ކޯޓުން ޢާންމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސެޕްޓެމްބަރުގައި 153 ކައިވެނި ކުރިއިރު 102 މީހުން ވަރިކޮށްފައިވެއެވެ.
Ads by Allied Insurance